ރިޕޯޓް

ރާއްޖޭގައި ދިރިއުޅޭ އާބާދީ ހަތަރު ލައްކައަށް އަރައިފި


ރާއްޖޭގައި ދިރިއުޅޭ އާބާދީ ހަތަރު ލައްކަ އަށް އަރައިފިއެވެ. މިދިޔަ އަހަރުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި ދިރިއުޅޭ އާބާދީ ގައި ހިމެނެނީ ، 402،071 މީހުންނެވެ.ބޯހިމެނުމުގެ ރަސްމީ ނަތީޖާ ދައްކާގޮތުން މީގެ ތެރެއިން ދިވެހި އާބާދީގެ ގޮތުގައި ހިމެނެނީ 344،023 މީހުންނެވެ. މީގެ ތެރެއިން ރާއްޖޭގައި ދިރިއުޅެނީ 338،434 ދިވެހިންނެވެ.ރާއްޖެއިން ބޭރުގައި ދިރިއުޅެނީ ، 5589 މީހުންނެވެ.މާލޭގެ އާބާދީދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ދިރިއުޅޭ އާބާދީކަމަށް ބޯހިމެނުމުގެ ނަތީޖާއިން ދައްކަނީ، މުޅި ޖުމުލަ 153،904 މީހުންނެވެ. އެއީ 129،381 ދިވެހިންނާއި ، 24،523 ބިދޭސީންނެވެ.މީހުުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދަށް ބަލާއިރު މާލޭގައި 26،739 ގޭބިސީގައި ދިރިއުޅެއެވެ. ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އާބާދީގެ ތިން ބައި ކުޅަ އެއް ބަޔަށް ވުރެ ގިނަ މީހުން ދިރިއުޅެނީ މާލޭގައެވެ. އެގޮތުން ރާއްޖޭގެ އާބާދީގެ %38 ދިރިއުޅެނީ މާލޭގަ އެވެ.ބިދޭސީން2014 ވަނަ އަހަރަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބިދޭސީން ހިމަނައިގެން ބޯހިމެނި ފުރަތަމަ ފަހަރެެވެ.ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ އަދަދަކީ 68،249 މީހުންނެވެ. ރާއްޖޭގައި އުޅޭ ބިދޭސީންގެ އާބާދީއަށް ބަލާއިރު، ފިރިހެނުންގެ އަދަދަކީ 55،787 އެވެ. ބިދޭސީ އަންހެނުންގެ އަދަދަކީ 7،850 އެވެ.އެންމެ އާބާދީ ބޮޑު އަތޮޅުތައްބޯހިމެނުމުން ދައްކާ ގޮތުން ރާއްޖޭގައި އެންމެ އާބާދީ ބޮޑު ، ނުވަތަ އެންމެ މީހުން ގިނަ 5 އަތޮޅަކީ އައްޑޫ ސިޓީ އާއި ހދ. އަތޮޅާއި ރ. އަތޮޅާއި ހއ. އަތޮޅުގެ އިތުރުން ކ. އަތޮޅެވެ.އާބާދީ އެންމެ މަދު އަތޮޅަކީ ވ. އަތޮޅެވެ. އެ އަތޮޅުގެ އާބާދީ އަކީ 1601 އެވެ.އާބާދީގައި ކުޑަކުދިންގެ ނިސްބަތަކީ %28 ކަމަށް ބޯހިމެނުމުން ދައްކާ އިރު، 18 އަހަރާއި 34 އަހަރާ ދެމެދުގެ ޒުވާނުންގެ ނިސްބަތަކީ %35 އެވެ. އަދި 65 އަހަރުން މަތީގެ ދިވެހި އާބާދީ %5 އަށް އަރާ ކަމަށްވެސް ބޯހިމެނުމުގެ ނަތީޖާ އިން ދައްކަ އެވެ.ރާއްޖޭގައި މަސައްކަތް ކުރާ އާބާދީއަށް ބަލާއިރު ކޮންމެ 100 މީހަކަށް 48 މީހަކު ބަރޯސާވެ އެވެ.އާބާދީގައި ޖިންސުރާއްޖޭގައި ދިރިއުޅޭ އާބާދީގެ ފިރިހެނުންގެ އަދަދަކީ، 171،962 އެވެ. އަންހެނުންގެ އަދަދަކީ ، 166،472 އެވެ.ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ ކޮންމެ 100 އަންހެނަކަށް ޖެހެނީ 103 ފިރިހެނުންނެވެ.މުޅި ރާއްޖެއަށް ބަލާއިރު ފިރިހެންގެ އާބާދީ ބޮޑު ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި އަންހެނުންގެ އަދަދު ގިނައެވެ. އެގޮތުން މާލޭގައި ކޮންމެ 100 އަންހެނަކަށް 99 ފިރިހެނުން ޖެހޭއިރު ރަށްރަށުގައި އެ ނިސްބަތް އުޅެނީ ކޮންމެ 100 އަންހެނަކަށް 93 ފިރިހެނުންނެވެ. ރިސޯޓުތަކުގައި އުޅޭ ފިރިހެނުންގެ ނިސްބަތް، އަންހެނުންނަށް ވުރެ އެތައް ގުނައެއް އިތުރެވެ. އާބާދީގައި އުމުރު ފުރާ ބެހިފައިވާ ގޮތްރާއްޖޭގައި ދިރިއުޅޭ ދިވެހި އާބާދީއަށް ބަލާއިރު ، 18 އަހަރާއި ، 34 އަހަރާއި ދެމެދުގެ ޒުވާނުންގެ ނިސްބަތަކީ، %35 އެވެ. ދިވެހި އާބާދީއަށް ބަލާއިރު %28 އަކީ ކުޑަކުދިންނެވެ.  އާބާދީގެ ބޮޑު ބައެއް ހިއްސާ ކުރަނީ އުމުރުން 15 އަހަރާއި 64 އަހަރާ ދެމެދުގެ އާބާދީ އެވެ. ޒުވާނުގެ އާބާދީ ކަމަށްވާ، 18-34 އަހަރާ ދެމެދުގެ އާބާދީގެ ނިސްބަތަކީ %35 އެވެ. އަދި 65 އަހަރުން މަތީގެ އާބާދީ އަކީ %5 އެވެ.2014 ވަނަ އަހަރު ރާއްޖޭގައި ބޯހިމަނާއިފައި މިވަނީ އެންމެ ފަހުން ބޯހިމެނިތާ 8 އަހަރު ފަހުންނެވެ. 2006 ވަނަ އަހަރު ރާއްޖޭގައި ބޯހިމެނުމުގެ ނަތީޖާ ދައްކާގޮތުން އާބާދީގެ އަދަދަކީ ، 298،968 އެެވެ.