ސިޔާސީ

"ރައީސް އަވަހާރަކޮށްލައިގެން މި ޤައުމުގައި ވެރިކަމަކަށް ނާދެވޭނެ"


މިގައުމުގައި ވެރިކަން ކުރަން ބޭނުންނަމަ އެމަގާމަށް އާދެވޭނީ އިންތިޚާބުގައި ވާދަކޮށް، ރައްޔިތުންގެ ތާއީދު ހޯދައިގެންކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލައިގެން މިގައުމުގައި ވެރިކަމަކަށް ނާދެވޭނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.މިނިސްޓަރ މިހެން ވިދާޅުވީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ވެރިކަމުގެ ދަހިވެތިކަމުގައި މެނުވީ މިދަފަ އުދުވާނީ ހަމަލާއެއް ރައީސްއަށް އަމާޒުކޮށް ދޭނެ މީހަކު މިގައުމުގައި ހުންނާނެކަމަށް ގަބޫލް ނުކުރެވޭކަމަށައި، އެފަދަ ފަރާތްތަކަށް މިގައުމުން ފުރުސަތު ނުލިބޭނެކަމަށެވެ.މިނިސްޓަރ ވިދާޅުވީ، މިފަދަ ނުރައްކާތެރި ހަމަލާއެއް ދިނުމުގައި މިކަން ރޭވި ފަރާތުން އެކަން ހިންގި ގޮތާމެދު ވިސްނަންޖެހޭ ކަމަށާއި، ވަރަށް ފުރިހަމައަށް ރިސޯސް ހޯދައިގެން މެނުވީ އެފަދަކަމެއް ނުކުރެވޭނެކަމަށެވެ. އަދި އެފަދަ ފަރާތްތައް ހޯދައި އަދަބުދީ، ޤައުމު ހަމަމަގަށް އެޅުވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ރާއްވަވާފައިވާގޮތަށް ޤައުމުގެ ހުރިހާ އުމްރާނީ މަޝްރޫއުތަކެއްވެސް ދުވަހުން ދުވަހަށް ބާރަށް ކުރިއަށްދާކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ފަށަން ރާވާފައިވާ ހުރިހާ ބޮޑެތި މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ގެންދަން ބޭނުންވާ އަމާޒަށް ގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއުކަމަށްވާ ބްރިޖް މަޝްރޫއުވެސް މިއަހަރު ނިމުމުގެ ކުރިން ފަށާނެކަމަށް ވިދާޅުވިއެވެ.އަދި މަގު ހެދުމާއި ބަނދަރާއި އެހެނިހެން ހައުސިންގ މަޝްރުއުތައްވެސް ނުހުއްޓި ގެންދަން ބޭނުންވާ ބާރުމިނުގައި ކުރިއަށްދާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް އަހަރަށްވެސް ފާސްކުރެވޭ ބަޖެޓްގެ ތެރެއިން ކުރަން ރާވާފައިވާ މަސައްކަތްތަށް އެންމެ ފުރިހަމައަށް ކުރިއަށްދާނެކަމަށެވެ.އުމްރާނީ ގޮތުން ވޭތުވެދިޔަ ދެއަހަރު ތެރޭގައި ބޮޑެތި ކާމިޔާބީތަކެއް ހާސިލްކުރެވިއްޖެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ކުރިއަށް އޮތް ތިން އަހަރު ދުވަހުވެސް މަޝްރުއުތައް އެއަށްވުރެ ފުރިހަމައަށް ފެނިގެންދާނެކަމަށެވެ.އަދި މިފަދަ ހާދިސާތައް މުސްތަގުބަލްގައި ހިނގައިގެން ނުވާނެ ގޮތަށް ހުރިހާ މުއައްސަސާތަކުންވެސް މަސައްކަތްކުރުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެެވެ.މިޕްރޮގްރާމްގައި ވާހަކަ ދައކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ، މި ހާދިސާއަކީ ސަލާމަތީ ބާރުގެ އިހުމާލުގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް ބުނެވޭނެ ޖާގަ އެބައޮތް ކަމަށާއި، ސަލާމަތާއިބެހޭ މުއައްސަސާގެ އެތެރެއާއި ބޭރުގައި މައްސަލައެއް އުޅޭނަމަ އެކަން ބެލޭނެގޮތަށް ވަސީލަތްތައް ގާއިމް ކުރެވެންޖެހޭ ކަމަށެވެ.ރިޔާޒު ވިދާޅުވީ ސަލަމަތީ ބާރުތަކުން ރައީސްގެ ސެކިޔުރިޓީ ޔަގީންކުރަން ޖެހޭ ކަމަށާއި އެކަމަށް އިތުރު ގާނޫނުތަކެއް ބޭނުންނުވާ ކަމަށެވެ. އެއީ ގާނޫނު ނެތުމުން ހިނގި ހާދިސާއެއް ނޫން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.