ކުޅިވަރު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު މުޙައްމަދު އާދަމް އިސްތިއުފާ ދީފި


ޔުނައިޓެޑް ވިކްޓްރީ(ޔޫވީ)ގެ ކޯޗުކަމުން މުޙައްމަދު އާދްމ އިސްތިއުފާ ދީފިއެވެ. ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރި މެޗު ވަނީ އެކެއް އެކަކުން އެއްވަރުވެފައެވެ. ޓީމް ނެރޭ ދަށް ނަތީޖާގެ ސަބަބު މިރޭގެ މެޗަށް ފަހު ޔުނައިޓެޑް ވިކްޓްރީގެ ކޯޗުކަމުން މުޙައްމަދު އާދަމްވަނީ އިސްތިއުފާ ދީފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިހާތަނަށް ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުލިބި އޮތް ހަމައެކަނި ޓީމަކީވެސް ޔުނައިޓެޑް ވިކްޓްރީއެވެ. ދިވެހި ޕްރިމިއަރ ލީގުގެ ގަދަ ތިނަކަށް އަމާޒު ކަނޑައަޅައިގެން ޔުނައިޓެޑް ވިކްޓްރީ ނިކުތްއިރު ލީގު މިހާތަނަށް އައިއިރު މި ޓީމް އޮތީ ތިން ޕޮއިންޓާއކު ލީގު ތާވަލްގެ އެންމެ ފުލުގައެވެ.

މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުގައި މުޙައްމަދު އާދަމްގެ އިތުރުން މާޒިޔާގެ ކުރީގެ ކޯޗު މުޙައްމަދު ނިޒާމާއި، އިގަލްސްގެ ކޯޗު މުޙައްމަދު ޝިޔާޒުވެސް ވަނީ ކޯޗުކަމުން ވަކިވެފައެވެ