ކުޅިވަރު

ގައުމީ ހޭންޑް ބޯލް މުބާރާތުގެ ފުރަތަމަ މެޗް ސިފައިންނާ ފުލުހުން


ތިން ވަނަ ގައުމީ ހޭންޑް ބޯލް މުބާރާތުގެ ފުރަތަމަ މެޗްގައި ދިވެހި
ސިފައިންނާ ޕޮލިސް ކުލަބް ބައްދަލުކުރަން ޖެހިއްޖެ.

މިމަހުގެ 25ވަނަ
ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ފިރިހެން ތިން ޓީމްއާ އަންހެން ފަސް
ޓީމް ބައިވެރިވެފައިވެއެވެ.

މިިމުބާރާތުގެ ދެވަނަ މެޗްގައި ވާދަކުރާނީ ޓީއެސްއޭއާ
ޓީރެކްސް އަދި ތިންވަނަ މެޗްގައި ވާދަކުރާނީ ޔޫތް ސްޕޯޓްސް ކުލަބްއާ އޯލް ސްޓާރއެވެ. އަދި ހަތަރުވަނަ މެޗްގައި ވާދަކުރާނީ ފިއޮންޓީއާ ޓީރެކްސްއެވެ

މިމުބާރާތުގެ އަންހެން
އަދި ފިރިހެންވެސް ކުރިއަށްދާނީ ލީގް އުސޫލުން ބުރެއް ކުޅުމަށްފަހު އެންމެ ގިނަ
ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ.

މިމުބާރާތުގެ އަންހެން
ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ 1 ނޮވެމްބަރ ހަވީރު  ހަތަރެއް ޖަހާއިރު އަދި ފިރިހެން ފައިނަލް މެޗް
ކުޅުމަށް ހަމަޖެހިފައިވަނީ ހަމައެދުވަހު އިރުއޮއްސި ހަތްގަނޑި ސާޅީސް ފަހެއްގައެވެ.