ދުނިޔެ

ޕާކިސްތާނުގައި ދިން ބޮމުގެ ހަމަލާއެއްގައި 11 މީހުން މަރުވެއްޖެ


ޕާކިސްތާނުގެ ހުޅަނގުގެ ބަލޫޗިސްޠާނުގެ ކުއެޓާ
ސަރަހައްދުގައި ދަތުރުކުރަމުންދިޔަ ބަހެއްގައި ބޮމެއް ގޮވައި 11 މީހުން
މަރުވެއްޖެއެވެ.



މިބޮން ގޮއްވާލާފައިވަނީ އެސަރަހައްދުން ގިނަ އަދަދެއްގެ
އާއްމުން އަރުވައިގެން ކުއެޓާގެ ރަށްބޭރަށް ދަތުރުކުރަމުން ދަނިކޮށް ކަމަށް ޕާކިސްތާނުގެ
ފުލުހުން ހާމަކުރެއެވެ. އަދި މިބޮން ހަރުކޮށްފައިވަނީ ބަހުގެ މަތީގައި ކަމަށްވެސް ފުލުހުން
ހާމަކުރެއެވެ.

މިހަމަލާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައިނުވި ނަމަވެސް ޕާކިސްތާނު އަސްކަރިއްޔާއިން ވަނީ އެޕްރޮވިންސްގައި ހަރަކާތްތެރިވާ އިނދިކޮޅު ހަނގުރާމަވެރިން ހޯދުމަށް ހިންގާ އަސްކަރީ ހަރަކާތްތައް ކުރިއަށްވުރެ ފުޅާކޮށްފައެވެ. 

އިދިކޮޅު ހަނގުރާމަވެރިން ސަރުކާރުގެ ވެރިންނާއި އަސްކަރިއްޔާއަށް
އަމާޒުކޮށް ބަލޫޗިސްޠާނު ޕްރޮވިންސްގައި ގިނަ ހަމަލާތަކެއް ދެމުންދެއެވެ.