އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ހިއުސްޓަން ރޮކެޓްސް އާއި ސެން އެންޓޯނިއޯ ސްޕަރސް ބައްދަލުކުރި މެޗް ހިއުސްޓަން ކާމިޔާބުކޮށްފިއެވެ. ހިއުސްޓަންގެ މަޝްހޫރު ކުޅުންތެރިޔާ ޖޭމްސް ހާޑެން ޓީމާއި ވަކިވިފަހުން ކުޅުނު ފުރަތަމަ މެޗް ހިއުސްޓަންއިން ކާމިޔާބުކުރީ 109 ޕޮއިންޓް 105 ޕޮއިންޓުންނެވެ.
މިމެޗްގައި ހިއުންޓަންގެ ކްރިސްޓިއަން ވުޑްސްވަނީ އެޓީމަށް 27 ޕޮއިންޓް ހޯދައިދީ އަދި 15 ރީބައުންޑް ނަގާފައެވެ. އަދި މިމެޗްގައި ހާޑެންގެ ޖާގަ ފުރަމުންދިޔަ ސްޓަރލިންގ ބްރައިންވަނީ 23 ޕޮއިންޓް ހޯދައިދީ ހަތް ރީބައުންޑް ނަގާ ތިން އެސިސްޓް ކޮށްފައެވެ. މިމެޗްގައި ސްޕަރސްގެ ފޯވަޑް ކެލްޑަން ޖޯންސަންވަނީ އެޓީމަށް 29 ޕޮއިންޓް ހޯދައިދީފައެވެ. އަދި ލޮނީ ވޯކަރވަނީ އެޓީމަށް 16 ޕޮއިންޓް ހޯދައިދީފައެވެ.
މިމެޗަކީ 2012 ވަނަ އަހަރަށްފަހު ހާޑެން އާ ނުލާ ހިއުސްޓަން ކުޅުނު ފުރަތަމަ މެޗު. މީގެއިތުރުން އަނިޔާގެ ސަބަބުން ރޭގެ މެޗްގައި ހިއުސްޓަންގެ ޖޯން ވޯލްއާއި އެރިކް ގޯޑަންވެސް ނުކުޅެއެވެ.
މިމުބާރާތުގައި ޓޮރޮންޓޯ ރެޕްޓަރސް އާއި ޗާލޮޓް ހޯނެޓްސް ބައްދަލުކުރިމެޗް 111 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ރެޕްޓަރސްއެވެ. މިމެޗްގައި ރެޕްޓަރސްގެ ކްރިސް ބައުޗަރވަނީ އެޓީމަށް 25 ޕޮއިންޓް ހޯދާދީ 10 ރީބައުންޑް ނަގާފައެވެ. އަދި ކައިލް ލޯރީވަނީ 16 ޕޮއިންޓް ހޯދާދީ 12 އެސިސްޓް ކޮށްފައެވެ. ހޯނެޓްސްއަށް އެންމެ ގިނަ ޕޮއިންޓް މިމެޗްގައި ހޯދާދީފައިވަނީ 22 ޕޮއިންޓް ހޯދާދިން ޓެރީ ރޯޒިއަރއެވެ. އަދި ފިލަޑެލްފިއާ ސެވެންޓީ ސިސްސަރސް އާއި މައޭމީ ހީޓް ބައްދަލުކުރިމެޗް 125 ޕޮއިންޓް 108 ޕޮއިންޓުން ކާމިޔާބުކުރީ ސެވެންޓީ ސިކްސަރސްއެވެ. މިމެޗްގައި ސެވެންޓީ ސިންސަރސްގެ ޝޭކް މިލްޓަންވަނީ އެޓީމަށް 31 ޕޮއިންޓް ހޯދައިދީފައެވެ.