ޚަބަރު

ދެއްވަދުއަށް މުވައްޒަފުންގެ ދަތިކަން ކުރިމަތިވުމުން އެހީތެރިކަން ފޯރުކޮށްދީފި


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ގއ.ދެއްވަދުއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށް އެރަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން ހާމަކުރެއްވިގޮތުގައި ދެއްވަދޫގައި މިޙާލަތުގައި ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށްޓަކާ ގއ.ވިލިނގިލި އަތޮޅު ހޮސްޕިޓަލުންނާއި ގދ.ތިނަދޫ ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެގޮތުން 1 ހެލްތް ވޯކަރަކާއި 2 ނަރުހުންނާއި 1 ޑޮކްޓަރަކު ވަނީ ދެއްވަދުއަށް ފޮނުވާފައިކަމަށް އެޗްއީއޯސީން މައުލޫމާތު ދެއްވައެވެ. އަދި އެސްޓީއޯގެ އެހީތެރިކަމާއެކު ފާމަސިސްޓަކުވެސް އެރަށަށް ފޮނުވާފައިވާކަމަށް އެޗްއީއޯސީއިން މަޢުލޫމާތުދެއްވައެވެ.