ޚަބަރު

ވިލާކޮލެޖާއި އަތަމާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމުގެ ޕްރޮގްރާމެއް ހިލޭ


ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމާ ގުޅޭ ޕްރޮގްރާމެއް ވިލާ ކޮލެޖާއި އަތަމާ ފައުންޑޭޝަނުން ގުޅިގެން ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

މި ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ދާއިރާގައިހުރި ވަޒީފާތަކަށް ދިވެހި ޒުވާނުންނަނަށް ތަމްރީންދީ، ޒުވާނުން ދާއިރާއަށް ނެރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

ވިލާ ކޮލެޖުން ވިދާޅުވީ މިޕްރޮގްރާމްގެދަށުން ހިންގުމަށް ހަމަޖެހިފައިވަނީ "ސެޓްފިކެޓް 3 އިން ހޮސްޕިޓަލިޓީ" ޕްރޮގްރާމްކަމަށެވެ. 4މަސްދުވަހަށް ކުރިއަށްގެންދާ މި ކޯހުގައި ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ރިސޯޓުގައިކަމަށެވެ. ކޯހުގައި ކިޔަވައިދިނުމުގެ އިތުރަށް ދަރިވަރުންނަށް ޢަމަލީ ތަޖުރިބާވެސް ދޭނެއެވެ. ކޯހުގެ ކިޔަވައިދިނުމުގެ ކަންކަން ވިލާ ކޮލެޖުން ކުރިއަށްގެންދާއިރު، ކޯހުގެ ޚަރަދުތައް ހަމަޖައްސަނީ އަތަމާ ފައުންޑޭޝަނުންނެވެ.
މި ކޯހުގެ ފުރަތަމަ ބެޗުގައި 20 ދަރިވަރުންނަށް ފުރުޞަތު ދިނުމަށްވަނީ ހަމަޖެހިފައެވެ.

މިކަމަގުޅޭ އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ.އަޙުމަދު އަންވަރުއެވެ. އަދި އަތަމާ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ފައުންޑަރ އަދި ވައިސް ޗެއަރޕަރސަން އަލީ އަޙްރުޝް އިބްރާހިމްއެވެ.