ވިޔަފާރި

ސީއެމްޑީއޭގެ ސީއީއޯއަކަށް މުޙައްމަދު ހުސައިން މަނިކު


ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮޓޯރިޓީ، ސީއެމްޑީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް މުޙައްމަދު ހުސައިން މަނިކު އައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުން އައްޔަންކުރައްވާފައި ވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާއެވެ. ސީއެމްޑީއޭއިން ވިދާޅުވީ، މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން އެ އޮތޯރިޓީގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަޤާމަށް ހއ. ކެލާ، މޭވާގޭ މުޙައްމަދު ޙުސައިން މަނިކު އައްޔަންކުރައްވާފައިވާކަމަށެވެ.

މުޙައްމަދު ޙުސައިން މަނިކު މީގެކުރިން ވަނީ މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަންގެ ޗީފްއެގެޒިކްޓިވް އޮފިސަރގެ މަޤާމު 2 ދައުރު ފުރުއްވާފައެވެ. މީގެއިތުރުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމާއި ސަރުކާރުގެ އެހެން ބައެއް މަޤާމުތައްވެސް މުޙައްމަދު ޙުސައިން މަނިކު ވަނީ ފުރުއްވާފައެވެ. ސީއެމްޑީއޭގެ ސީއީއޯގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނާދިޔާ ހަސަންއެވެ. ނާދިއާ ވަނީ 2019 ގައި އިސްތިއުފާ ދެއްވާފައެވެ.

ސީއެމްޑީއޭގެ ބޯޑުގައި މިވަގުތު ތިއްބަވަނީ:
ބޯޑުގެ ޗެއަރޕަރސަން: އައިޝަތު ޒާހިރާ
ޗީފް އެގްޒެކްކެޓިވް އޮފިސަރ: މުޙައްމަދު ޙުސައިން މަނިކު
ސީނިއަރ އެގްޗެކެޓިވް ޑިރެކްޓަރ/ އެމްއެމްއޭ: އައިޝަތު ނާދިޔާ
ސެކްރެޓަރީ ޖެނެރަލް: އަޙްމަދު ސިރާޖް
ރެޖިސްޓްރަރ އޮފް ކޮންޕެނީޒް: މަރިޔަމް ވިސާމް
ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ: ފާތިމަތު ޝަފްނީޒް
ޕްރައިވެޓް ސެކްޓަރ ތަމްސީލްކުރައްވާ: ރިފާޢަތު ޖަލީލް

ސީއެމްޑީއޭގެ ސީއީއޯއަކަށް މުހައްމަދު ހުސައިން މަނިކު އައްޔަންކޮށްފައިވާއިރު، ސީއެމްޑީއޭގެ ޗެއަރޕަރސަންއަކަށް އައިޝަތު ޒާހިރާ ވަނީ މިދިޔަ ހޯމަދުވަހު އައްޔަންކޮށްފައެވެ.