ޚަބަރު

ކޯވިޑް-19 : ޢަދަދުތައް މައްޗަށް، މިއަދު 59 މީހުން ޕޮޒިޓިވް


ރާއްޖެއިން އިތުރު 59 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއެކު މިހާތަނަށް ބައްޔަށް ޕޮޒިޓިވްވި މީހުން ޢަދަދުވަނީ 14218އަށް އަރާފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަޙައްދުން ޕޮޒިޓިވްވީ 33 މީހުންނެވެ. އަދި އަތޮޅު ތަކުގެ ރަށްރަށުން 20 މީހަކު ޕޮޒިޓިވްވިއިރު، ރިސޯޓުތަކުން 6 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 14218އަށް އަރާފައެވެ.

މިއަދު ރާއްޖެއިން 37 މީހުންވަނީ ކޯވިޑް-19އިން ރަނގަޅުވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ޖުމުލަ 13402 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދަކީ 750އެވެ. މިބަލީގައި އެޑްމިޓްކޮށްގެން ފަރުވާދެނީ 53 މީހުންނަށެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައިވަނީ 2768 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިބަލި ދެނެގަތުމަށްޓަކައި މިހާތަނަށް ޖުމްލަ 348464 ސާމްޕަލްވަނީ ނަގާފައެވެ.

ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 49 މީހުން ވަނީ ރާއްޖެއިން ނިޔާވެފައެވެ. އެއީ 41 ދިވެހިންނާއި، 8 ބިދޭސީންނެވެ.