ވިޔަފާރި

މިދިޔައަހަރު އެމްޑަބްލިއުއެސްސީގެ ހިންގުމުގެ ޙަރަދު 14 އިންސައްތަ ކުޑަކޮށްފި


މިދިޔަ އަހަރު އެމް.ޑަބްލިޔު.އެސް.ސީގެ ހިންގުމުގެ ޚަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފިއެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު ހިންގުމުގެ ހަރަދުން %14 ކުޑަވުމެއްކަމަށެވެ.

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮންޕެނީ، އެމްޑަބްލިއުއެސްއީން ބުނީ، 2020 ވަނަ އަހަރުގެ އޮޕަރޭޓިން އެންޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ 838.9 މިލިއަން ރުފިޔާ ކަމަށެވެ. ނަމަވެސް މިކަމަށް ޚަރަދު ކޮށްފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާކަމަށެވެ. އެހެންކަމުން މިއީ 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ޚަރަދާއި އަޅާބަލާއިރު %14 ކުޑަ އަދަދެއްކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ކުންފުނީގެ ހިނގުމުގެ ޚަރަދުތައް ކުޑަކުރެވިފައި ވަނީ، ޚަރަދު ކުޑަކުރުމުގެ ގޮތުން، ޚާއްސަކޮށް ކޮވިޑް19ގެ ހާލަތާއި ގުޅިގެން، ކުންފުނީގެ މެނޭޖްމަންޓުން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަމަށެވެ. 2020 ވަނަ އަހަރުގެ އެމްޑަބްލިއުއެސްސީ ޚަރަދުތަކަށް ބަލާލާއިރު، އިންޖިނިއަރިންގ، މެނުފެކްޗަރިންގ، ފެނާއި ނަރުދަމާގެ ޚިދުމަތްތައް، އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތަށް ފުރަތަމަ ކުއާޓަރގައި 177.4 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށެވެ. ހަތަރުވަނަ ކުއާޓަރގައި ހަރަދުކޮށްފައިވަނީ 94.8 މިލިއަން ރުފިޔާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެމްޑަބްލިއުއެސްސީން ބުނީ 2019 ވަނަ އަހަރުގެ ޚަރަދުތަކާއި އަޅާބަލާއިރު، 2020ވަނަ އަހަރުގައި އިންޖިނިއަރިންގ ދާއިރާއިން ކުރެވިފައިވާ ޚަރަދުތައް %6 ކުޑަކުރެވިފައިވާއިވާކަމަށެވެ. އަދި މެނުފެކްޗަރިންގގެ ޚަރަދުތައް %14، ވިޔަފާރީގެ ދާއިރާގެ ޚަރަދުތައް %16، ފެނާ ނަރުދަމާގެ ޚިދުމަތައް ކޮށްފައިވާ ޚަރަދުތައް %15 ކުޑަކޮށްފައިވާކަމަށެވެ.

ކުންފުނީގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއި އެކުގައިވެސް، ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅުއްވި ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން އިޖްތިމާއީ ޒިންމާގެ ދަށުން އެ ކުންފުނިން ވަނީ 4.5 މިލިއަން ރުފިޔާ ޙަރަދުކޮށްފައެވެ. މީގެތެރޭގައި، ކޮވިޑް ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށް ދިނުމާއި، ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި، ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.