ދުނިޔޭގެ ވިޔަފާރި

ސެމްސަންގެ 4 ވަނަ ކުއާޓާގައި 26 އިންސައްތައިގެ ފައިދާއެއް


އޮންލައިން ވިޔަފާރިތަކާއި އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކުގެ އަދަދު އިތުރުވުމާއެކު ސެމްސަންގްގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓާގައި ލިބުނު ފައިދާ، 2019 ވަނަ އަހަރުގެ 4 ވަނަ ކުއާޓާރައި އަޅާބަލާއިރު އިތުރުވެއްޖެއެވެ.

އެހެންނަމަވެސް، މިއީ އެކުންފުނިން 2020 ވަނަ އަހަރުގެ ތިން ވަނަ ކުއާޓާގައި އެކުންފުނިން ހޯދީ 60 އިންސައްތައިގެ ކުރިއެރުމަށްވުރެ 33 އިންސައްތަ ދަށް އަދަދެކެވެ. މިފަދަ ދަށްވުމެއް އައީ 4 ވަނަ ކުއާޓާގައި ސެމްސަންގްގެ އައު ޕްރޮޑަކްޓްތަކެއް ނެރެފައިނުވުމާއި، ވާދަވެރި ކުންފުނިތަކުން މި ދުވަސްވަރާއި ދިމާކޮށް އައު އުފެއްދުންތައް ނެރުމުންކަމަށް ތަޖުރިބާކާރުން ވަނީ ލަފާކޮށްފައެވެ. އެހެނެންމަވެސް، މިދިޔަ އަހަރުގެ އޮކްޓޯބަރުމަހު ޗައިނާގެ ވާވޭ ފަހަތަށް ޖައްސާލުމަށް ފަހު ކޮރެޔާގެ ސެމްސަންގް އޮތީ ވިޔަފާރީގެ އެންމެ ކުރީގައިކަމަށް ތަޖުރިބާކާރުން ވަނީ ބުނެފައެވެ.

ސެމްސަންގްއިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތަޖުރިބާކާރުން ލަފާކުރިގޮތަށް 2020 ވަނަ އަހަރުގެ ފަހު ކުއާޓާގައި ކުންފުންޏަށް ވަނީ 8.24 ބިލިއަން ޑޮލަރުގެ ފައިދާއެއް ވެފައެވެ. މިއާއެކު ސެމްސަންގްގެ ރެވެނިއުވެސް ވަނީ 1.9 އިންސައްތަ ކުރިއަށް ޖެހިލާފައެވެ.

ސެމްސަންގްގެ 4 ވަނަ ކުއާޓާގައި 26 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައިވާއިރު، 2020 ވަނަ އަހަރުގެ 3 ވަނަ ކުއާޓާއަކީ ކުންފުނީގެ އަސްލު ބާރު ދައްކައިދޭ ކުއާޓާކަމަށް ކުންފުނީގެ ވެރިން ވަނީ ފާހަގަކޮށްފައެވެ.

ސެމްސަންގްއިން ވަނީ 3 ވަނަ ކުއާޓާގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި 10.6 ބިލިއަން އެމެރިކާ ޑޮލަރު ލިބިފައިވާކަން ހާމަކޮށްފައެވެ. ޖުލައިމަހުން ސެޕްޓެމްބަރމަހުގެ ނިޔަލަށް ލިބުނު މިއާމްދަނީއަކީ 2019 ވަނަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 58 އިންސައްތައިގެ ކުރިއެރުމެކެވެ. އަދި މިއަދަދަކީ ތަޖުރިބާކާރުން ސެމްސަންގަށް ފައިދާވާނެކަމަށް ކުރިން ލަފާކުރި 26 އިންސައްތައަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.