ޚަބަރު

މިނިސްޓަރުގެ އިލްތިމާސް - ދަރިވަރުން ސްކޫލަށް ފޮނުއްވާދެއްވާ


ސްކޫލުތަކުގެ މާހައުލަކީ ކުދިންނަށް ރާއްކަތެރި ތަނަކަށް ހައްދަވާ ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާ، ދެވަނަ ޓާމުގެ ކިޔެވުން ފެށޭއިރު ހުރިހާ ދަރިވަރުން ސްކޫލަށް ފޮނުވައިދެއްވުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އިލްތިމާސްކުރައްވައިފިއެވެ.

ކޯވިޑަށް އެޅި ރައްކާތެރިކަމުގެ ފިޔަަޅެއްގެ ގޮތުން މިދިޔަ އަހަރުގެ މާރިޗުމަހު ސްކޫލްތައް ބަންދުކުރުމަށްފަހު މާދަމާއަކީ ހުރިހާ ގްރޭޑްތަކަށް އަލުން ސްކޫލްތައް ހުޅުވާލާ ކިޔެވުން ފަށާ ދުވަހެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއި ދިމާކޮށް މިނިސްޓަރ ޑރ އައިޝަތު އަލީ މިރޭ އާއްމުކުރެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ ވޭތުވެދިޔަ އަހަރަކީ ވަރަށް ދަތި އަހަރެއް ނަމަވެސް ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަ ނުދީ ކުރިޔަށް ގެންދިޔުމަށް ސްކޫލްތަކުގެ މުދައްރިސުންނާއި ބެލެނިވެރިން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ދަރިވަރުން ސްކޫލަށް އައުމުގެ ފުރުސަތު ނުލިބި ގޭގައި ތިބުމަކީ އެކުދިންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމެއްކަމަށެވެ. އެހެންކަމުން ދަރިވަރުން ސްކޫލަށް ފޮނުއްވާދެއްވުމަށް މިނިސްޓަރ ވަނީ ހުރިހާ ބެލެނިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސްކޫލްތަކުގެ މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި ތަނަކަށް ހައްދަވާ ދެއްވާނެކަމުގެ ޔަޤީންކަން މިނިސްޓަރ ވަނީ ދަރިވަރުންނާއި ބެލެނިވެރިންނަށް ދެއްވާފައެވެ.

" ހަމަ ހުރިހާ ކުދިންވެސް ތަންކޮޅެއް ބިރުގަނެފާނެ މިފަހަރު ސްކޫލަށް ހާޒިރުވެ ކިޔެވުމަށް. އެކަމު އަޅުގަނޑު ދަންނަވާނީ ކަންބޮޑުނުވާށޭ، ސްކޫލްތަކުގެ ތައްޔާރީތައް ވެފައި މި އޮތީ ތިކުދިންނަށް ސްކޫލްތަކުގެ މާހައުލަކީ ރައްކާތެރި މާހައުލަކަށް ހެދުމަށްޓަކައި. އަދި ހަމަ މިގޮތަށް ހުރިހާ ސްކޫލަކީ މުވައްޒަފުން ދަނީ މަސައްކަތް ކުރަމުން." ކުދިންނާއި މުހާތަބު ކުރައްވާ އެޑިއުކޭޝަން މިނިސްޓަރ އަައިޝަތު އަލީ ވިދާޅުވިއެވެ.

ސްކޫލްތައް އަލުން ހުޅުވާއިރު ސްކޫލްތަކުގައި ސާފުތާހިރުވުމުގެ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދީފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މާދަމާ އަލުން ސްކޫލްތައް ހުޅުވާލާއިރު އެޑިއުކޭޝަން މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާ އެކަމަށް ބޭނުންވާ އުސޫލްތައް އެކުލަވާލާފައެވެ. މިގޮތުން ދަރިވަރުން އެންމެ ގިނަވެގެން ސްކޫލްގައި ހޭދަކުރާނީ 5 ގަޑިއިރެވެ. އަދީ އޭގެތެރެއިން އެއްގަޑިއިރު އެކުދިންގެ ހުން ބެލުމާއި އަތް ދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކުންވެސް އެ ސްކޫލެއްގައި އަމަލުކުރާނެ އުސޫލްތައް ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މާދަމާ ފެށިނަމަވެސް ރޯގާ ޖެހި ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެ ދަރިވަރަކު ސްކޫލަށް ނުފޮނުވުމަށް ހެލްތް އެމެޖެންސީ އޮފަރޭޝަން ސެންޓަރުން އިލްތިމާސްކުރައްވާއެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީ އެންމެ އަވަހަކަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ސްކޫލަށް ނުފޮނުވުމަށްވެސް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.

މާދަމާ އަލުން ސްކޫލްތައް ހުޅުވާލާއިރު އެޑިއުކޭޗަން މިނިސްޓްރީން ވަނީ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އަޅާ އެކަމަށް ބޭނުންވާ އުސޫލްތައް އެކުލަވާލާފައެވެ. މިގޮތުން ދަރިވަރުން އެންމެ ދިގުވެގެން ސްކޫލްގައި ހޭދަކުރާނީ 5 ގަޑިއިރެވެ. އަދީ އޭގެތެރެއިން އެއްގަޑިއިރު އެކުދިންގެ ހުން ބެލުމާއި އަތޮ ދޮވުމާއި ފިޒިކަލް ބައެއް ހަރަކާތްތަކަށް ހުސްކުރުމަށް ވަނީ އަންގާފައެވެ. އަދި ސްކޫލްތަކުންވެސް އެ ސްކޫލެެއްގައި އަމަލުކުރާނެ އުސޫލްތައް ވަނީ ބެލެނިވެރިންނަށް އަންގާފައެވެ.

ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން މާދަމާ ފެށިނަމަވެސް ރޯގާ ޖެހި ހުމުގެ އެއްވެސް އަލާމާތެއް ހުރި ނަމަ އެ ދަރިވަރަކު ސްކޫލަށް ނުފޮނުވުމަށް ހެލްތް އެމެޖެންސީ އޮފަރޭޝަން ސެންޓަރުން އިލްތިމާސްކުރައްވާއެެވެ. އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީ އަވަހަކަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާ ލިބުމުން ނޫނީ ސްކޫލަށް ނުފޮނުވުމަށްވެސް އެޗްއީއޯސީން އިލްތިމާސްކުރައްވައެވެ.