ކުޅިވަރު

އެޓްލާންޓާގެ ޑިއާލޯ މެންޗެސްޓަރ ޔުނައިޓެޑަށް


އިޓާލިއަން ސެރީއާގެ އެޓްލާންޓާއަށް ކުޅެމުން އަންނަ ޒުވާން ކުޅުންތެރިޔާ އަމަދު ޑިއާލޯ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފިއެވެ.

ކޯޓެޑިއުއަރއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ ޑިއާލޯ މެންޗެސްޓަރއަށް ސޮއިކޮށްފައިވަނީ 19 މިލިއަން ޕައުންޑްގެ އަގަކަށްކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އޭނާ ދައްކާ ކުޅުމަށް ބަލާ 18.2 މިލިއަން ޕައުންޑް އިތުރަށް ދައްކަން ޖެހޭ ބައިތަކަކަށްވެސް އެކްލަބުން އެއްބަސްވެފައިވެއެވެ.

ޑިއާލޯ މެންޓަރއާ އެކު ހެދި އެއްބަސްވުމުގެ ސަބަބުން އޭނާ 2025 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އެޓީމްގައި ހުންނާނެއެވެ. އަދި ދެފަރާތުން ބޭނުންނަމަ އެއްއަހަރު އިތުރު ކުރުމުގެ ފުރުސަތުވެސް އެއްބަސްވުމުގެ ދަށުން ލިބިދެއެވެ. މެންޗެސްޓަރގެ ކޯޗު އޮލޭ ގުނަރ ސޯލްޝަޔަރ ހާމަކުރިގޮތުގައި ޑިއާލޯގެ ކުޅުން ފެނުމުން އޭނާއަކީ މުސްތަގްބަލްގައި ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިޔަކަށް ވުމުގެ ހުނަރު ހުރިކަން ފާހަގަވިކަމަށެވެ. އަދި އޭނާގެ ދުވެލި ބާރުވެފައި ދަނޑުމަތީގައި ލޯހުޅުވިފައި ހުންނަ މިންވަރާއި ބޯޅަ ކޮށްޓުމުގެ ހުނަރު ފެނުމުން ޑިއާލޯއަކީ މެންޗެސްޓަރ އިން ބޭނުންވާ ޒާތުގެ ކުޅުންތެރިއެއް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

ޑިއާލޯއަކީ ޕޯސްޓް ބްރެކްސިޓް ގަވާއިދުގެ ދަށުން އިނގިރޭސި ކްލަބަކަށް ސޮއިކޮށް އަދި ރެޖިސްޓަރ ކުރި ފުރަތަމަ ކުޅުންތެރިޔާއެވެ. މިގޮތުން އޭނާގެ ލިޔެކިޔުންތައް ވަނީ ޖެނުއަރީ އެއްވަނަ ދުވަހުގެ ރޭ ހުށަހެޅި ޖެހިިގެން އައި ދުވަހު އެޕްރޫވްވެސް ކޮށްފައެވެ. ޑިއާލޯ ހާމަކުރިގޮތުގައި މި ބަދަލަށް އޭނާވަނީ ރަނގަޅަށް ތައްޔާރުވެފައެވެ.