ކުޅިވަރު

ޕީއެސްޖީން މެޗުތަކުން މޮޅުވާން ޖެހޭ، ޓީމުގައި އެފެންވަރު އެބަހުރި: ޕޮޗެޓީނިޔޯ


ފްރާންސް ލީގުގައި ރޭ ކުޅުނު މެޗުން އެއްވަރުވުމުން ޕީއެސްޖީ މެޗުތަކުން މޮޅުވާން މަސައްކަތް ކުރަންޖެހޭ ކަމަށް ޓީމުގެ އާ ކޯޗު މައުރީސިޔޯ ޕޮޗެޓީނިއޯ ބުނެފިއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ޕޮޗެޓީނިޔޯ ބުނީ އޭނާގެ ފުރަތަމަ މެޗުން ނަތީޖާއެއް ނުލިބުމުން މާޔޫސްވާކަމަށާއި މިއަށްވުރެ ރަނގަޅު ނަތީޖާތަކެއް މެޗުތަކުން ޕީއެސްޖީއަށް ހޯދޭނެކަމަށެވެ. އޭނާ ބުނީ މެޗުތަކުން ޕީއެސްޖީ މޮޅުވާން ޖެހޭކަމަށް. މިމަހު ތިންވަނަ ދުވަހު މަގާމާ ހަވާލުވި ކޯޗު ބުނީ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބޭ ކަމަށާއި ލިބުނު ވަގުތު ކުޑަނަމަވެސް ތިބި ކުޅުންތެރިންނާ ބަލާފަ އެދެވޭ ކުޅުމެއް ނުދެއްކުނު ކަމަށެވެ.

އިދިކޮޅަށް ނުކުންނަ ކޮންމެ ޓީމަކުން ވެސް ޕީއެސްޖީ އަތުން ހޯދާ ޕޮއިންޓަކީ މުހިންމު ޕޮއިންޓެއް ކަމަށާއި ޕީއެސްޖީ އެއީ ރަނގަޅު ނަތީޖާއެއް ނޫންކަމަށެވެ. މި ނަތީޖާއިން ކުރިޔަށްހުރި މެޗުތަކުގައި ރަނގަޅަށް ކުރަން ހުރި ކަންކަން ފާހަގަކުރެވުނު ކަމަށާއި މެޗުގެ ކުރިން ތަމްރީން ހެދީ ތަފާތު ގޮތަކަށް ކަމަށާއި އެކަންކަން މެޗުގައި ކުޅުންތެރިން ކޮންމެވެސް ވަރަކަށް ބޭނުންކުރުމުން ހިތްހަމަޖެހޭ ކަމަށެވެ. މެޗުން ހޯދު ޕޮއިންޓާއެކު 18 މެޗުން 36 ޕޮއިންޓް ހޯދައިގެން ޕީއެސްޖީ އޮތީ ދެވަނައިގައެވެ.