ޚަބަރު

ބަލިމީހުންނަށް ފަސޭހައިން ޕާސްޕޯޓް ހެދޭނެ އިންތިޒާމް ހަމަޖައްސަނީ


ބަލި ޙާލަތު ހުންނަ ގޮތުން
ޕާސްޕޯޓް ހެދުމަށް އިމިގްރޭޝަނަށް ނުދެވޭ ބަލިމީހުންގެ ގާތަށް ގޮސް ޕާސްޕޯޓް
ހަދައިދިނުމުގެ ޚިދުމަތް ދިނުމަށް އަންނަ މަހު ފަށާނެ ކަމަށް ޑިޕާޓްމަންޓް އޮފް
އިމިގްރޭޝަން އެންޑް އެމިގްރޭޝަނުން ހާމަކޮށްފި އެވެ.



 ޕަބްލިކް ސަރވިސް މީޑިޔާ،
ޕީއެސްއެމްއަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ މީޑިޔާ އޮފިސަރ ޙަސަން
ޚަލީލް ވިދާޅުވީ، ހޮސްޕިޓަލްގައި އެނދުމަތިކުރެވިފައިވާ ބަލިމީހުންނާއި ހިނގާބިގާވެ
އުޅުމަށް ދަތިވާ މީހުން އަދި ގޭގައި ތިބޭ ބަލިމީހުންގެ ގާތައް ގޮސް ޕާސްޕޯޓް
ހަދައިދިނުމަށް ބޭނުންވާ ސާމާނުތައް ރާއްޖެ ގެނެސް އެތަކެތި ޓެސްޓުކުރަމުން ގެންދާ
ކަމަށެވެ.

ޚަލީލް ވިދާޅުވީ، އިމިގްރޭޝަންގެ އޮފިސަރުން ގޭގެއަށް ނުވަތަ ހޮސްޕިޓަލަށް
ގޮސް މި ޚިދުމަތް ދިން ކަމުގައިވީނަމަވެސް ޕާސްޕޯޓް ހައްދައިދޭ އަގަށް އެއްވެސް
ބަދަލެއް ނާންނާނެ ކަމަށެވެ.

އަދި އެކަމަށް ބޭނުންވާ ތައްޔާރީތައް މިހާރު ކުރިއަށްދާ
ކަމަށާއި އަންނަ މަހުގެ ތެރޭގައި މި ޚިދުމަތް ދޭން ފަށާނެ ކަމަށް އިމިގްރޭޝަނުން
މައުލޫމާތު ދެއްވައެވެ.