ކުޅިވަރު

ސަސް އާއި ގްރީން މެޗް އެއްްވަރުވެގެން ނިމިއްޖެ


ދިރާގު ދިވެހި ޕްރިމިއަރ ލީގްގައި ސަސް އާއި ގްރީން ވާދަކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ.

މިމެޗް އެއްވަރުވެފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. މެޗްގެ ފުރަތަމަ ހާފްގައި ދެ ޓީމަށްވެސް ލަނޑު ޖެހުމަށް މާރަގަނޅު ފުރުސަތެއް ލިބިފައިނުވާއިރު، އެންމެ ރަގަނޅު ފުރުސަތެއް ލިބިފައިވަނީ ގްރީންގެ ކެޕްޓަން ރިލްވާން ވަހީދުއަށެވެ. ރިލްވާން ފޮނުވާލި ހިލޭ ޖެހުން ސަސްގެ ގޯލްގެ ތިރީކަނަށް ވަންނަން ދަނިކޮށް، ސަސްގެ ގޯލް ކީޕަރު މަމަތުނޮހޯފްވަނީ އަތުންޖައްސާ ބޯޅަ ބޭރުކޮށްލާފައެވެ.

މެޗްގެ ފުރަތަމަ ހާފްއާއި ހިލާފަށް ދެވަނަ ހާފްގައި ދެ ޓީމްއަށްވެސް ގޯލް ޖެހުމަށް ރަގަނޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް އޭގެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ދެ ޓީމުންކުރެ އެއްޓީމަކަށްވެސް ހިފޭގޮތްވަނީ ނުވެފައެވެ. މެޗްގެ ދެވަނަ ހާފްގައި ސަސްގެ ބިދޭސީ ކުޅުންތެރިޔާ މުނޯޒް ފޮނުވާލި ބާރުހަމަލާ ވަނީ ގްރީންގެ ގޯލް ކީޕަރު ސާބިގް ދިފާއުކޮށްފައެވެ. މެޗް ނިމެން 5ވަރަކަށް މިނެޓްއަށްވެފައިވަނިކޮށް ސަސްގެ ކެޕްޓަން ބެންޖޯއަށް ވަނީ ގޯލް ޖެހުމަށް ރަގަނޅު ފުރުސަތެއް ލިބިފައެވެ. ނަމަވެސް ބެންޖޯއަށް ލިބުނު ދެ ފުރުސަތުގެވެސް ހުރަހަކަށްވީ ގްރީންގެ ގޯލް ކީޕަރެވެ.