ސިޔާސީ

އެމްއެމްޕީއާރުސީގެ އޮފީހަށް ފުލުހުން ވަދެ ބަލާފާސްކުރަމުން އެބަދޭ


ވެލާނާ ބިލްޑިންގ އަށް ފުލުހުންގެ ފޮރެންސިކް ޓީމު ވަންނަނީ (ފޮޓޯ: ޕީއެސްއެމް)

ވެލާނާގޭ ހަތަރުވަނަ
ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)
ގެ އޮފީސް ފުލުހުން ބަލާ ފާސްކުރަމުން އެބަދެއެވެ. 



ފުލުހުން ބުނީ އެމްއެމްޕީއާރުސީ
އޮފީސް ބަލާ ފާސްކުރަމުންދަނީ ފުލުހުން ބަލަމުންދާ މައްސަލައަކާއި
ގުޅިގެންކަމަށެވެ.



ފުލުހުން
އެމްއެމްޕީއާރުސީ ބަލާ ފާސްކުރަމުންދާއިރު އެތަނުގައި އެމްއެންޑީއެފްގެ
ބޭފުޅުންވެސް ޙަރަކާތެރިވަމުންދާކަމަށް އަޅުގަނޑުމެންގެ އެސަރަހައްދުގައި ތިބި
އަޅުގަނޑުމެންގެ ރިޕޯޓަރުން ބުނެއެވެ.



މީގެއިތުރުން މިރޭ
ފުލުހުންވަނީ މާފަންނު ޝުރާމަންޒިލް ވެސް ކޯޓު ޢަމުރެއްގެ ދަށުން ބަލާ ފާސްކޮށްފައެވެ.
އަދި  އެގެއިން ބައެއްތަކެތިވެސް
ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.