ޚަބަރު

އެންމެ އިސްކަންދޭނީ ރައީސް ޔަމީން މިނިވަންކުރަން - އިދިކޮޅު


މިއަހަރުވެސް އެންމެ އިސްކަން ދޭނީ ރައީސް ޔާމީން މިނިވަންކުރުމަށާއި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އައު އަހަރާއި ގުޅިގެން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނުގައި 2020 ވަނަ އަހަރު ވެގެންދިޔައީ ދުނިޔެއަށާއި މުޅި ދިވެހިރާއްޖެއަށްވެސް ވަރަށް ހިތްދަތިކަމާއި ނުތަނަވަސްކަން ކުރިމަތިކުރުވި އަހަރެއްގެ ގޮތުގައި ކަމަށެވެ.

އިދިކޮޅުން ވަނީ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށް ފުރިހަމަ ހަރުދަނާ މަސައްކަތްތަކެއްކުރުމަށާއި، ވެފައިވާ ވަޢުދުތައް ފުއްދުމަށް ސަރުކާރަށް ގޮވާލާފައެވެ. އަދި ސަރުކާރުގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް ރައްޔިތުންނަށް ދޭންޖެހޭ ޚިދްމަތްތައް އަވަހަށް ދެވޭނެ މަގު ފަހިކޮށްދިނުމަށާއި، ރައްޔިތުން ކުރަމުންދާ ޝަކުވާތަކުގެ އަޑުއަހާ އެކަންކަން ވީ އެންމެ އަވަހަށް ޙައްލުކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

ފެށުނު އަހަރުވެސް އެންމެ އިސްކަންދޭނީ ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތަށާއި، ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް ކަމުގައެވެ.