ޚަބަރު

އެލް މޯބައިލް : އެޕަލްގެ އޮތޮރައިޒްޑް ރީސެލަރއަކަށް


ރާއްޖޭގައި ފޯނު ވިއްކާ މަޝްހޫރު ފިހާރަ އެލް މޯބައިލްއަށް އެޕަލްގެ އޮތޮރައިޒްޑް ރީސެލަރކަން ލިބިއްޖެއެވެ.

އެޕަލްގެ އޮތޮރައިޒްޑް ރީސެލަރކަން ލިބުނުކަން އިޢުލާންކުރުމަށް އެލް މޯބައިލް 2 ފިހާރައިގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން، އެލް މޯބައިލްގެ ޑިރެކްޓަރ ހުސެއިން އަބްދުﷲ ވިދާޅުވީ އެޕަލްގެ އޮތޮރައިޒްޑް ރީސެލަރކަން އެލް މޯބައިލްއަށް ލިބުމުން އެ ފިހާރައިން އެޕަލްގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭނެކަމަށެވެ. މީގެކުރިން އެކި މާރކެޓްތަކުން އެޕަލްގެ އުފެއްދުންތައް ގަންނަން ޖެހުނަސް މިހާރު ސީދާ އެޕަލްއިން އުފެއްދުންތައް ގެނައުމުން ދިވެހިންނަށް ވީހާވެސް ހެޔޮ އަގުގައި އެޕަލްގެ އުފެއްދުންތައް އެންމެ އަވަހަށް ފޯރުކޮށްދޭ ފިހާރައަކަށް އެލް މޯބައިލް ވާނެކަމަށް ހުސެއިން އަބްދުﷲ ވިދާޅުވިއެވެ.

ހުސައިން އަބްދުﷲ ވިދާޅުވީ، އެޕަލްގެ އޮތޮރައިޒްޑް ރީސެލަރކަން ލިބުމުން ފިހާރައިގެ އުފެއްދުންތަކަށް ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ، ވީހާވެސް އަވަހަކަށް އެޕަލްގެ އުފެއްދުންތައް ދިވެހި މާކެޓަށް ނެރުމަށް މަގުފަހިވެގެންދާނެކަމަށެވެ.

"އަސްލު އެޕަލްގެ އޮތޮރައިޒްޑް ރީސެލަރކަން ލިބުމުން ފިހާރައިން އެޕަލްގެ އުފެއްދުންތައް ހެޔޮ އަގުގައި ލިބޭނެ. އަދި ރާއްޖެ ސަރަހައްދަށް ވިއްކަން ފަށާއިރަށް އެންމެ އަވަހަށް ގެނައުމުގެ ފުރުސަތުވެސް ފަހިވެގެންދާނެ. އެޕަލްގެ އޮތޮރައިޒްޑް ރީސެލަރކަން ލިބުމުން ފިހާރައިގެ އުފެއްދުންތަކަށް ކަސްޓަމަރުންގެ އިތުބާރު ބޮޑުވާނެ" އެލް މޯބައިލްގެ ޑިރެކްޓަރ ހުސެއިން އަބްދުﷲ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން އެލް މޯބައިލް ފިހާރާގައި ވިއްކާ އެޕަލްގެ އުފެއްދުންތަކުގެ ޑެމޯވެސް ވަނީ ދައްކާލާފައެވެ.