ޚަބަރު

މުހިއްމު އިރުޝާދުތަކަކާއި މެސެޖުތަކަކާއެކު ފަޔަރ ޓީމުން ވައިބަރ ސްޓިކަރ ޕެކެއް


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ފަރުމާކުރި ވައިބަރ ސްޓިކަރ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ނެރެދެއްވައިފިއެވެ.

"ބްރޭވް ހާރޓް ފަޔަރ ފައިޓަރސް ޗެލެންޖް 2020" ގެ ނަމުގައި ނެރެފައިވާ މި ސްޓިކަރތައް ފަރުމާކޮށްފައިވަނީ އެފް.އާރު.އެސްގައި މަސައްކަތްކުރާ ސިފައިންގެ ދެ އޮފިސަރުންކަމަށްވާ ވޮރަންޓް އޮފިސަރ 3 އާސިމް ރަޝީދާއި، ސްޓާފް ސާޖަންޓް ފާރޫޤް އިސްމާޢީލެވެ.

ޖުމްލަ 24 ސްޓިކަރ ހިމެނޭ މި ސްޓިކަރ ޕެކޭޖުގައި ހިމެނޭ ސްޓިކަރތަކުން ދައްކުވައިދޭނީ އެފް.އާރު.އެސްއާއި އާންމު ރައްޔިތުންނާ އޮންނަ ގުޅުމެވެ. މީގެއިތުރުން އަލިފާން ނިއްވުމަށް އަމިއްލަ ކުރެވިދާނެކަންކަމުގެ އިރުޝާދުތަކާއި އިމަރޖެންސީ ނަންބަރުތަކާއި ތަފާތު ހޭލުންތެރިކަމުގެ މެސެޖުތައްހިމެނެއެވެ.

މިއީ އާންމު ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކުރުމާއި އެފްއާރުއެސްގެ ހިލޭ ގުޅޭ ނަންބަރު 118 އިސްތިހާރު ކުރުމުގެ އިތުރުން އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ހަދާފައިވާ ސްޓިކަރ ތަކެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މި ސްޓިކަރތައް މިހާރު ވަނީ ސޯޝަލް މީޑިއާގައި އާއްމުވެ އާއްމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ.