އަތޮޅުތައް

ޤައުމީ މަންހަޖަށް އަހުލުވެރިކަމުގެ ބައްދަލުވުމެއް ނ.ވެލިދޫގައި


ގައުމީ މަންހަޖަށް މުދައްރިސުން އަހުލުވެރި ކުރުވުމުގެ ގޮތުން ނ.އަތޮޅު ތައުލީމީ މަރުކަޒުގައި މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމްކޮށްގެން ރޭ ނ.އަތޮޅު ތައުލީމީ މަރުކަޒުގެ ހޯލުގައި ފެށި މި ބައްދަލުވުމުގައި ނ.އަތޮޅު ތައުލީމީ މަރުކަޒުގެ އިތުރުން އެއަތޮޅު ހޮޅުދޫ، ފޮއްދޫ، މަގޫދޫ އަދި ޅޮހީ ސްކޫލަތަކުގެ މުދައްރިސުން ބައިވެރިވާ ކަމަށް ނ.އަތޮޅު ތައުލީމީ މަރުކަޒުން މައުލޫމާތުދެއެވެ.4 ދުވަހުގެ މުއްދަތަށް ކުރިއަށްދާ މިބައްދަލުވުން މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައިވަނީ ގްރޭޑް 5، 6 އަދި 7 އަށް ކިޔަވައިދެއްވާ މުދައްރިސުންނަށް ކަމަށާއި، ނަމަވެސް ވަގުތު އޮތް މިންވަރަކުން ދަށް ގްރޭޑުތަކުގެ މުދައްރިސުންނަށްވެސް ފުރުޞަތު ދޭނެކަމަށް އެސްކޫލުން ބުނެއެވެ.މިބައްދަލުވުމުގައި ކިޔަވައިދެއްވަނީ، ނެޝަނަލް އިންސްޓިޓިޔުޓް އޮފް އެޑިޔުކޭޝަނުން ހިންގި "ފެސިލިޓޭޓާރސް ޓްރެއިނިން ވޯކްޝޮޕް އޮން ކަރިކިޔުލަމް އެންޑް ސިލަބަސް" ގައި ބައިވެރިވެ ތަމްރީނުވެފައިވާ އެއަތޮޅުގެ 3 މުދައްރިސުންގެ ޓީމަކުންނެވެ.ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ވޯކްޝޮޕްގައި 5 ރަށުން ޖުމްލަ 72 ބައިވެރިން ބައިވެރިވެއެވެ.