ޚަބަރު

ރާއްޖޭގައި އާންމުކޮށް ނުއުފައްދާ ބާވަތްތައް އުފައްދަނީ


ރާއްޖޭގައި އާންމުކޮށް ނުއުފައްދާ ކާބޯތަކެތީގެ ބާވަތްތައް އުފެއްދުމަށްޓަކައި ރާއްޖޭގެ އަމިއްލަ ކުންފުންޏެއްކަމަށްވާ ހަމިންގބޯއީ ފާރމްސްއާއި ހަވާލުކޮށްފިއެވެ. މިމަޝްރޫޢާ ގުޅޭ ގޮތުން ޕީއެސްއެމްއަށް މައުލޫމާތުދެއްވަމުން ދަނޑުވެކަމާބެހޭ ވަޒީރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާކޮށް ރާއްޖޭގައި މިހާރު އުފައްދާ ނޫޅޭ އެކަމަކު އުފެއްދިދާނެ ކާބޯތަކެތީގެ އެކި ބާވަތްތައް އުފެއްދުމަށްޓަކައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.މިނިސްޓަރ ވިދާޅުވީ މިއީ ދުނިޔޭގައި މިހާރުވެސް ގެންގުޅޭ ޓެކޮނޮލޮޖީއެއްކަމަށާއި ރާއްޖެގައި މި ޓެކޮނޮލޮޖީ ބޭނުން މިކުރަނީ އަލަށް ކަމަށެވެ. މިމަޝްރޫޢަށް ފަންޑު ކުރަނީ މަލްޓިނޭޝަނަލް އެކި ކުންފުނިތަކުންކަމަށާއި، އެފަރާތްތަކުން ޝައުގުވެރިކަން ހުރީ ބެރީ ކަހަލަ ފިނި އެންވަޔަރަމަންޓްގައި އުފެއްދޭ ފަދަ ބާވަތްތައް ރާއްޖޭގައި އުފެއްދުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.ރާއްޖޭގެ ދަނޑުވެރިންނަށް ހަމިންގް ބޯއީ ފާރމްސްއިން މިސިސްޓަމް ޤާއިމްކޮށްދީ އުފައްދާ ބާވަތްތައް އެފާރމްސްގެ އެޗް.ބީ.އެފް ބްރޭންޑް ނަމުގައި ވިއްކުމުގެ ފުރުސަތު ގއ. އަތޮޅާއި، ގދ. އަތޮޅުގެ ދަނޑުވެރިންނަށް ލިބިގެންދާނެއެވެ."މިމީހުންނަށް މަތިކޮށްފައިވާނެ ކައިރީގައި ހުރިރަށްރަށުގެ އެއްޗެހި ގަތުމާއި އެ އެއްޗެހި މާކެޓްކޮށްދިނުމާއި އެމީހުންނަށް ބޭނުންވާ އެކިއެކި ދަނޑުވެރިކަމަށް ބޭނުންވާ ސާމާނު ލިބޭނެގޮތް ހަދައިދިނުމާއި އަދި ސީއެސްއާރުގެ ގޮތުގައި އެހިސާބުގެ އެކިރަށްރަށަށް ބޭނުންވާ ކަންތައް ކޮށްދިނުންވެސް މީގެ ތެރޭގައި ހިމެނޭނެ" މިނިސްޓަރ ވިދާޅުވިއެވެ.ގދ އަތޮޅާއި ގއ އަތޮޅުގެ ދަނޑުވެރިން އުފައްދާ ތަކެތި ހަމިންގބޯއީ ފާރމްސްގެ ފަރާތުން ގަނެ، އެމީހުންގެ ބްރޭންޑެއްގެ ގޮތުގައި މާރކެޓް ކުރާނެކަމަށް ދަނޑުވެރިކަމުގެ ވުޒާރާއިން މައުލޫމާތުދެއެވެ. މިމަޝްރޫއަކީ 10 މިލިއަން ޑޮލަރަށްވުރެން އަގުބޮޑު މަޝްރޫއެއްކަމަށް ހަމިންގްބޯއީ ފާރމްސްއިން މައުލޫމާތުދެއެެވެ. މިމަޝްރޫޢު ހިންގުމަށް ގދ. އަތޮޅުގެ ދޫނިރެހާ، ގޮޅާލާ، ހުޅުވާރުލާ، އަދި މެންތަންދޫ ވަނީ ކުއްޔަށްދީފައެއެވެ.