ޚަބަރު

ވަގަށް ނަގާފައިވާ ބައިލައްކައެއްހާ ރުފިޔާ ފުލުހުން ހޯދައިފި


ލ. އިސްދޫ ގެއަކުން ވަގަށް ނެގި ބައިލައްކައެއްހާ ފައިސާ ހޯދައި، އެކަމުގައި ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ބިދޭސީ ފިރިހެނެކެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ ލ.އިސްދޫ ގެއަކުން 54000 ރުފިޔާ ވަގަށް ނަގާފައިވާކަމަށް ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ލ.އިސްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޑިސެންބަރުމަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައެވެ.

ވަގަށް ނަގާފައިވާ ފައިސާތައް ފެނިފައިވަނީ މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެގެއިންކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި މިމައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ.ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައިކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.

މިމައްސަލަ ލ.އިސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.