ރާއްޖެއިން މިއަދު އިތުރު 31 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 27 މީހުން ބަލިން ރަނގަޅުވެއްޖެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެ 18:00އިން ފެށިގެން މިއަދުގެ 18:00އާ ހަމައަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 20 މީހުންނެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 4 މީހަކާއި ރިސޯޓުތަކުން ޕޮޒިޓިވްވި 5 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި 2 މީހެއް ހިމެނެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13،691އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިއަދު ރަނގަޅުވެފައިވަނީ 27 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާތަނަށް 13،109 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
މިހާރު ކޯވިޑް-19އަށް ރާއްޖެއިން ފަރުވާ ހޯދަމުންދަނީ 527 މީހުންނެވެ. މީގެ ތެރެއިން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދަނީ 27 މީހުންނަށެވެ. މިހާތަނަށް ރާއްޖެއިން 13،691 މީހަކަށް ވަނީ ކޯވިޑް-19 ޖެހިފައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2،644 ސާމްޕަލެއް ވަނީ ނަގާފައެވެ. ރާއްޖެއިން މިހާތަނަށް މިބަލި ދެނެގަތުމަށް 311،514 ސާމްޕަލްވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.