 
										
			އުޒްބަކިސްތާންގެ ޤައުމީ އެއަރލައިން، އުޒްބަކިސްތާން އެއަރވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފިއެވެ. 
އުޒްބަކިސްތާން އެއަރވޭސްއިން ރާއްޖެއަށް މިއަދު އައި ފުރަތަމަ ފްލައިޓުގައި 266 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ. މި އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ އުޒްބަކިސްތާންގެ ވެރިރަށް ތަޝްކެންޓުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. އެގޮތުން ރާއްޖެއަށް ހަފްތާއަކު ދަތުރެއް ކުރާނެއެވެ. އަދި މި ދަތުރުތައް ފަތުރުވެރިކަމުގެ މިސީޒަން ނިމެންދެން މިގޮތަށް ކުރިއަށްދާނެކަމަށް އެމްއޭސީއެލްއިން މައުލޫމާތުދެއެވެ.  
		
 
					
									ފަތުރުވެރިކަމުގެ ސީޒަން ޢާއްމުގޮތެއްގައި ކުރިއަށްދަނީ ޑިސެމްބަރުމަހުން ފެށިގެން މާރޗު މަހުގެ ނިޔަލަށެވެ. އުޒްބަކިސްތާން އެއަރލައިނުން ވަނީ މިދިޔަ އަހަރުގެވެސް މިދުވަސްކޮޅު ރާއްޖެއަށް ދަތުރުތައް ބާއްވާފައެވެ.