ޚަބަރު

އަންނަ އަހަރުގެ ބަންދު ދުވަހުގެ ގޮތުގައި އިތުރު 2 ދުވަސް


2021ވަނަ އަހަރުގެ ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރު 2 ދުވަސް ކަނޑައަޅައިފިއެވެ.

އަންނަ އަހަރުގެ ބަންދު ދުވަސްތަކުގެ ގޮތުގައި އިތުރުކޮށްފައިވަނީ ޖުލައި މަހުގެ 18ވާ އާދިއްތަ ދުވަހާއި ޖުލައި މަހުގެ 25ވާ އާދިއްތަ ދުވަހެވެ. ސަރުކާރުން މިގޮތަށް ކަނޑައަޅުއްވާފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ 19ވާ ހޯމަ ދުވަސް ދިމާވަނީ އެއަހަރުގެ ޢަރަފާތު ދުވަސްކަމުން އާދިއްތަ ދުވަސް ފިޔަވާ އެހެން ހުރިހާ ދުވަސްތަކެއް އެއީ ޙައްޖާއި އަދި އަޟްޙާ ޢީދާ ދިމާވާ ރަސްމީ ބަންދު ދުވަސްތަކަމަށްވާތީއެވެ.

މީގެ އިތުރުން ޢީދު ބަންދު ހަފްތާއާއި ވިދިގެން އަންނަނީ ރާއްޖޭގެ މިނިވަން ދުވަސްކަމުން އެހަފްތާގައިވެސް އާދިއްތަ ދުވަހުގެ ފަހުން އަންނަނީ ބަންދު ދުވަސްތަކެއްކަމުން ސަރުކަރުންވަނީ އެހަފްތާގެ އާދިއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ.