ކުޅިވަރު

ފުނާޑު ބަލިކޮށް މިސްކިތްމަގު ސެމީ ފައިނަލް ތިންވަނަ މެޗަށް


ފްރީގައިޒް ވޮލީ ބޯޅަ މުބާރާތުގެ ފައިނަލަށް ދިޔުމުގެ ފުރުސަތެއް މިސްކިތްމަގު އެންމެންގެ ގުޅުން ހޯދައިފިއެވެ. މި މުބާރާތުގައި މިރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗުގައި އެކުވެރި ފުނާޑު ބަލިކޮށް ތިންވަނަ ސެމީން ފުނާޑު ޖާގަ ހޯދީ މިރޭގެ މެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މެޗުގެ ސެޓުތައް ފުނާޑު ގެންދިޔައީ ފަންސަވީސް ބާވީސް، ފަންސަވީސް ނަވާރަ އަދި ފަންސަވީސް ބާވީހުންނެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މިސްކިތްމަގު އެންމެންގެ ގުޅުމުގެ ނޭޕާލް ކުޅުންތެރިޔާ ކޮޕިލާއެވެ. މިރޭގެ މެޗުުން ބަލިވުމާއިއެކު އެކުވެރި ފުނާޑުވަނީ މުބާރާތުން ކަޓާފައެވެ.މި މުބާރާތުގެ ސެމީ ފައިނަލް ތިންވަނަ މެޗުގައި މިސްކިތްމަގު އެންމެންގެ ގުޅުން ނިކުންނާނީ ސެމީ ފައިނަލް ފުރަތަމަ މެޗުން ބަލިވި ފިސްޑާއާއެވެ. މި މެޗް ކުޅޭނީ މިމަހުގެ ސަތާރަވާ ހޮނިހިރު ދުވަހުގެ ރޭ އަށްގަޑި ސާޅީސް ފަހެއްގައެވެ.