ވިޔަފާރި

ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ޙާއްސަ ދަތުރުތަކެއް ރާއްޖެއަށް ފަށައިފި


ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންސްގެ ޙާއްސަ ދަތުރުތަކެއް ރާއްޖެއަށް ފަށައިފިއެވެ.

ޔޫކްރެއިން އިންޓަރނޭޝަނަލްއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ޔޫކްރެއިންގެ ވެރިރަށް ކިއޭވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ. ޔޫކްރެއިން އެއަރލައިންސްއިން ރާއްޖެއަށް ބާއްވާ ދަތުރުތައް އަންނަ މަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.

ޔޫކްރެއިން އެއަރލައިންސްގެ ދަތުރުތައް މިއަދު ފަށާފައިވާއިރު، ފުރަތަމަ ފްލައިޓުގައިރާއްޖެއަށް 277 ފަތުރުވެރިން ވަނީ އައިސްފައެވެ.

އެހެން އަހަރުތަކުގެވެސް ފަތުރުވެރިކަމުގެ ހައި ސީސަނާއި ދިމާކޮށް ޔޫކްރެއިން އިންޓަރނޭޝަނަލް އެއަރލައިންސްއުން ރާއްޖެއަށް ޙާއްސަ ދަތުރުތައް ބާއްވައެވެ.

ޔޫކްރެއިން އިންޓަރނޭޝަނަލްގެ އެއަރލައިންސްގެ އިތުރުން އަޒުރު އެއަރ ޔޫކްރެއިންގެ ދަތުރުތައްވެސް ވަނީ މިއަދު ރާއްޖެއަށް ފަށާފައެވެ. މި ފްލައިޓުގައި ރާއްޖެއަށް 311 ފަތުރުވެރިން ވަނީ އައިސްފައެވެ.