މުނިފޫހިފިލުވުން

އާލިއާއާއި ރަންބީރް ކައިވެނި ކައިވެންޏާއި ދިމާލަށް


މަޝްހޫރު ބޮލީވުޑް ޖޯޑު އާލިއާ ބަޓްއާއި ރަންބީރް ކަޕޫރު ކައިވެނިކުރަން ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.

އާލިއާއާއި ރަންބީރާއި ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެކި އެވޯޑް ޝޯތަކުގެ ތެރެއިން ދީފައިވާ އިންޓަވިއުތަކުގައި ވަނީ ހާމަކޮށްފައެވެ. އަދި މި މަސްތެރޭ ކައިވެނިކުރަން އުޅޭކަމަށްވެސް އިންޑިއާގެ ނޫސްތަކުން ދަނީ ބުނަމުންނެވެ.

މިކަމާއި ގުޅޭގޮތުން އިންޑިއާގެ ނޫހަކާއި ވާހަކަދައްކަމުން، ރަންބީރް ކަޕޫރް ވަނީ ދެ ތަރިންގެ ކައިވެންޏަށް ތައްޔާރުވަމުންދާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން މިއަހަރު ފެށުނުއިރު ޑިސެމްބަރުމަހު ކައިވެނިކުރުމަށް ތައްޔާރުވަމުންދިޔަކަމަށް ރަންބީރް ބުންޏެވެ. އެހެންނަމަވެސް، ކޯވިޑްގެ ސަބަބުން ފުރަބަންދުވުމާއި ރަންބީރްގެ ބައްޕަ ކެންސަރު ބަލީގައި މަރުވުމުން ކައިވެނި ލަސްކުރަން ޖެހުނީކަމަށް އޭނާ ބުންޏެވެ. ބައްޕަ މަރުވުމުން ލިބުނު ހިތާމަ ބޮޑުކަން ފާހަގަކޮށް ރަންބީރް ވަނީ ކައިވެނިކުރާނެ ވަކި ތާރީޚެއް ފައިނަލް ނުކުރާކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭނާއާއި އާލިއާގެ ފޭނުންނަށް އެދުވަސް ވަރަށް އަވަހަށް ހާމަކުރާނެކަމަށް އޭނާ ބުންޏެވެ.

އާލިއާ އާއި ރަންބީރު ދަނީ ދެ ތަރިން އެކުގައި ފުރަތަމަ ފަހަރަށް ފެނިގެންދާ ބްރަންމަސްތްރަ ރިލީޒްކުރުމަށް ތައްޔާރުވަމުންނެވެ. އާލިއާ އާއި ރަންބީރްގެ އިތުރުން މަޝްހޫރު ތަރި އަމީތާބްވެސް މި ފިލްމްގެ ލީޑު ރޯލުން ފެނިގެންދާނެއެވެ. އަދި ސުޕަ ސްޓާ ޝާރުކްވެސް މި ފިލްމްގެ ކެމޯ ރޯލަކުން ފެނިގެންދާނެއެވެ. އެގޮތުން މި ފިލްމްގެ ރިލީޒްއަށް ފަހު ދެ ތަރިން ކައިވެނީގެ ގުޅުމުން ގުޅޭނެކަމަށް ދެ ތަރިންގެ ގާތް ފަރާތްތަކުން ދަނީ ބުނަމުންނެވެ.