ކުޅިވަރު

ޗެލްސީ މޮޅުވެ ލީގުގެ 5ވަނައަށް ޖެހިލައިފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ކުޅުނު މެޗުގައި ވެސްޓްހާމް ބަލިކޮށް ލީގުގެ ފަސްވަނައަށް ޗެލްސީ ޖެހިލައިފިއެވެ.

ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުން އެކްލަބު މޮޅުވީ 3-0 ލަނޑުންނެވެ. ޗެލްސީ ފުރަތަމަ ލަނޑު ތިއާގޯ ސިލްވާ ކާމިޔާބު ކުރިއިރު އަނެއް ދެ ލަނޑު ޗެލްސީއަށް ޖަހައިދިނީ ޓަމީ އަބްރަހަމްއެވެ.

ރޭގެ މެޗުގައި ދެލަނޑުޖެހި ޓަމީ އަބްރަހަމް ވަނީ އެންމެފަހުން އޭނާ ޗެލްސީ އަށް ކުޅުނު 7 މެޗުގައި 6 ލަނޑުޖަހާފައެވެ. އަދި އެންމެފަހުން ޗެލްސީގެ އަމިއްލަ ދަނޑު، ސްޓެންފޯޑް ބްރިޖްގައި ކުޅުނު 31 މެޗުން ޗެލްސީ ބަލިވެފައެއްނުވެއެވެ.

އެންމެފަހުން ލީގުގައި ޗެލްސީ ކުޅުނު 13 މެޗުގެ ތެރެއިން ޗެލްސީ ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ.

މި މޮޅާއެކު ޗެލްސީ 5 ވަނައިގައި އޮތީ 4 ވަނައިގައި އޮތް އެވަޓަންވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން 25 ޕޮއިންޓާއެކުއެވެ. ރޭ ލީގުގައި ބާންލީ ވުލްވޮސް ބައްދަލުކުރި މެޗުން ބާންލީ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ.