ޚަބަރު

މޫސުން : ކ.އަތޮޅާއި ވ.އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފި


މެދުރާއްޖެތެރޭގެ އެކި ހިސާބުތަކަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ކ.އަތޮޅުން ފެށިގެން ވ.އަތޮޅާ ދެމެދުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.

ކ.އަތޮޅުން ފެށިގެން ވ.އަތޮޅަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ޔެލޯ އެލާޓް ނެރުނީ މެންދުރު އެއްގަޑި ސުންމިނެޓުން ހަވީރު ފަސްގަޑި ސުންމިނެޓާއި ހަމައަށެވެ. މެޓް އޮފީހުން ވިދާޅުވީ އެ ސަރަޙައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މެޓު އޮފީހުން ވިދާޅުވީ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ލަފާކުރެއެވެ. އޭގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރެއެވެ.