ސިޔާސީ

ޓުއަރިޒަމް ބޯއިކޮޓްކުރުމަށް ގޮވާލުމަކީ ކުށެއްކަމަށް ކަނޑައަޅަނީ


ދިވެހިރާއްޖޭގެ
ފަތުރުވެރިކަން ބޯއިކޮޓްކޮށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ގޮވާލާ ރާއްޖޭގެ
ފަރާތްތަކާމެދު އަދަބު ކަނޑައެޅޭނެ ބިލެއް ރައްޔިތުންގެ މަޖިލީހަށް
ހުށައަޅުއްވައިފިއެވެ. މިބިލު މަޖިލީހަށް
ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދުއެވެ. 

އެބިލުގައި
ބުނެފައިވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ފަތުރުވެރިކަން
ބޯއިކޮޓްކުރުމަށްޓަކައި ދިވެހިން ވަކި ބަޔަކާއި ގުޅިގެން މަސައްކަތްކުރުމަށް
އެއްބަސްވުމާއި، ދަތިކުރުމުގެ ފިޔަވަޅު
އެޅުމަށް ގޮވާލައި، އެކަންކަމުގައި މަސައްކަތްކުރާ
ފަރާތްތަކަށް އެކަމުގައި އެހީތެރިކަން ފޯރުކޮށްދީ އެކަންކަމަށް ތާއީދުކުރުމަކީ
ކުށެއް ކަމަށެވެ. 

މިބާވަތުގެ ކުށެއްކޮށްފިނަމަ އެފަރާތެއް ބައިވެރިވި މިންވަރަކަށް
ބަލައި ފަސްލައްކަ ރުފިޔާއާއި, ފަސް މިލިއަން ރުފިޔާއަށްވުރެ މަދުނޫން
އަދަކުން ޖޫރިމަނާ ކުރެވޭނެކަމަށްވެސް، ރިޔާޒު ރަޝީދު ހުށައެޅުއްވި ބިލުގައި ބުނެފައިވެއެވެ.