ވިޔަފާރި

މިހިން ލަންކާގެ 143 ޑޮލަރުގެ ފެއަރއަށް ބޮޑު ޑިމާންޑެއް


ސްރީލަންކާގެ
ބަޖެޓް އެއާރލައިން، މިހިން ލަންކާގެ ދަތުރުތައް އަންނަ މަހުގެ ބާރަ ވަނަ ދުވަހު
ފެށުމަށް ހަމަޖެހިފައިވާއިރު ޚާއްސަ ފެއަރގެ 80 އިންސައްތަ ޓިކެޓް ވިކި
ހުސްވެފައިވާކަމަށް މިހިން ލަންކާގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އޭޖެންޓް، އޭސް
އޭވިއޭޝަނުންް ހާމަކޮށްފިއެވެ.



އޭސް
އޭވިއޭޝަނުންް ބުނީ ސެޕްޓެމްބަރ މަހުގެ 23ން، ނޮވެމްބަރު މަހުގެ 15 އަށް ކުރިއަށްގެންދާ ދެކޮޅު ޓިކެޓް 143 ޑޮލަރުގެ ފެއަރއަށް ޑިމާންޑު ވަރަށް ބޮޑު ކަމަށާއި،
ކުރިއަށް އޮތީ ސްކޫލް ބަންދު ކަމުން، އާއިލާ ތަކުން ވިހި މީހުންނަށް ނުވަތަ ތިރީސް
މީހުންނަށްވެސް ޓިކެޓް ނަގަމުންދާ ކަމަށެވެ.



އެ މުއްދަތުގެ
ފަހުން ދެކޮޅު ޓިކެޓެއްގެ އަގު އުޅޭނީ 163 ޑޮލަރަށާއި 174 ޑޮލަރު އަދި 203
ޑޮލަރަށް ކަމަށާއި، އެފެއަރގައިވެސް މީހުން ޓިކެޓް ގަންނަމުންދާކަން އެކުންފުނިން
ފާހަގަކުރިއެވެ.  



މިހިންލަންކާގެ ދަތުރުކުުރުމަށް ހަމަޖެހިފައި
ވަނީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހުއެވެ. މާލެއިން ލަންކާއަށް ފުރުން
އޮންނާނީ އިރުއޮއްސި 6:55 ގައި. އަދި ލަންކާއިން މާލެއަށް ފުރާނީ ހަވީރު
4:30 ގައެވެ.