ޚަބަރު

މިޑިއާ ކައުންސިލުން ލ އަތޮޅަށް މަޢުލޫމާތުދިނުމުގެ ދަތުރެއް ކޮށްފި


ޔުނިސެފްގެ
އެހީގައި ކުޑަކުދިންނާއި ގުޅޭ ޚަބަރާއި މައުލޫމާތޫ ހާމަކުރުމުގެ އުޞޫލްތަކާއި
ކުޑަކުދިންގެ ޙައްޤުތަކާއި ބެހޭ ގޮތުން މައުލޫމާތު ފޯރުކޮށްދިނުން އަދި މޯލްޑިވްސް
މީޑިއާ ކައުންސިލްގެ ދައުރާއި މަސައްކަތް ހާމަކޮށްދިނުމުގެ ގޮތުން މައުލޫމާތު
ދިނުމުގެ ސެޝަންތަކެއް މޯލްޑިވްސް މިޑިއާ ކައުންސިލުން ލ ގަމާއި ފޮނަދޫ ގައި މި
މަހުގެ 8 ން 9 އަށް ކުރިއަށް ގެންގޮސްފިއެވެ.



މި ސެޝަންތަކުގައި
ލ އަތޮޅުގެ ތަޢުލީމީ މަރުކަޒުގެ ދަރިވަރުންނާއި ބެލެނިވެރިންނަށް
މައުލޫމާތުދެވުނެވެ.މިގޮތުން ތަޢުލީމީ މަރުކަޒުން 124 ދަރިވަރުންނާއި 39 ބެލެނިވެރިން
ބައިވެރިވިއެވެ. ހަމަދު ހަލީފާ އިންޓަނޭޝަނަލް ސްކޫލުން 126 ދަރިވަރުންނާއި 23
ބެލެނިވެރިން ބައިވެރިވިއެވެ.އަދި ލ އަތޮޅު ކައުންސިލާއި ގަމު ކައުންސިލް، ފޮނަދޫ
ރަށު ކައުންސިލް އއަދި މީގެ އިތުރުން ސިވިލް ސަރވިސް މުވައްޒަފުންނަށްވެސް
މައުލޫމާތުދިނުމުގެ ސެޝަންތަކެއް ކުރިއަށް ގެންދެވުނެވެ. ލ އަތޮޅު ކައުންސިލާއި
ފޮނަދޫ ރަށުކައުންސިލް އަދި ސިވިލް ސަރވިސް މުވައްޒަަފުންގެ ޖުމުލަ 21 ބޭފުޅުން
އަދި ގަމު ކައުންސިލުން 39 ބޭފުޅުން މި ސެޝަންތަކުގައި ބައިވެރިވެފައިވެއެވެ.