ޚަބަރު

މަސްތުވާތަކެއްޗާއި އެކު ކުޑަ ކުއްޖެއް ހައްޔަރުކޮށްފި


މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއް ހުރި 13 ރަބަރު ޕެކެޓާ އެކު ކުޑަކުއްޖަކު ފުލުހުން
ހައްޔަރުކޮށްފިއެވެ.



ފުލުހުން
ބުނީ މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވަނީ  16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.



މި
ކުއްޖާ ފުލުުހުންގެ ބެލުމުގެދަށަސް ގެނެސްފައިވަނީ މާލެތެރެ ޕެޓްރޯލް ކުރަމުންދިޔަ
ފުލުހުންނަށް އެ ކުއްޖާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ކަމަށާއި މަސްތުވާތަކެތިކަމަށް
ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ މިކުއްޖާ ފުލުހުންގެ
ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.



މި މައްސަލަ ޑްރަގް އެންޑްފޯރސްމަންޓް
ޑިޕާޓްމަންޓުން ދަނީ ތަހުޤީގް ކުރަމުންނެވެ.