ޚަބަރު

ކ.މާފުށީގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުން ނަގައިފި


މާލެއަތޮޅު މާފުށީ ކާނި ބީޗް ގެސްޓްހައުސްގެ ބޭރުގައި ބެހެއްޓި ކްރިސްމަސް ގަހެއް ފުލުހުންގެ މަރުކަޒަށް ގެންގޮސްފިއެވެ.

މިގަސް ބެހެއްޓި މައްސަލަ ފުލުހުންނަށް ހުށަހެޅުމުން އެގަސް ނެގުމަށް ފުލުހުން މެދުވެރިވެގެން މަޝްވަރާކޮށްގެން ކުރި މަސައްކަތް ކާމިޔާބުވެފައިނުވާތީ ކޯޓު އަމުރެއްގެ ދަށުން މިގަސް ނަގާ ފުލުހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ހާމަކުރައްވައެވެ.

މިގަސް ނެގީ މިކަމަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާ ފުށުއަރާ ގޮތަށް ކޮށްފައިވާ ކަމަކަށްވާތީ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.