ރާއްޖެއިން މިއަދު 13 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 29 މީހުން ބަލިން ރަނގަޅުވެއްޖެެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އިއްޔެގެ 18:00 އިން ފެށިގެން މިއަދު 18:00އާ ހަމައަށް ގްރޭޓަރ މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 7 މީހުންނެވެ. އަދި ރަށްރަށުން 4 މީހުން ޕޮޒިޓިވްވެފައިވާއިރު، ރިސޯޓްތަކުން 2 މީހުން ޕޮޒިޓިވްވެފައިވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13392 އަށްވަނީ އަރާފައެވެ.
މިއަދު ރާއްޖެއިން ކޯވިޑް-19 ބަލިން ރަނގަޅުވީ 29 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12760 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިއީ ރާއްޖެއިން މިހާތަނަށް ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިްނ 95އިންސައްތައަށްވުރެ ގިނަމީހުންގެ އަދަދެކެވެ.
މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މަދުވާން ފަށާފައިވާއިރު، މިބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ577 އެވެ. މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެން ދަނީ 61 މީހުންނެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2754 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 247،075 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.