ޚަބަރު

ސަފާރީއަކުން ބަނގުރަލާއެކު 6 މީހަކު ހައްޔަރުކޮށްފި


އއ.
މަތިވެރި ބޭރުގައި އޮތް ސަފާރީއެއް ބަލައި ފާސްކޮށް ގިނަ ޢަަދަދެއްގެ
ބަނގުރަލާއެކު 6 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.



ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 33 އަހަރުގެ ބިދޭސީއަކާއި 28 އަހަރުގެ
ދިވެހި ފިރިހެނަކާއި 35 އަހަރުގެ ފިރިހެނަކާއި 31 އަހަރުގެ ދިވެހި އަންހެނަކާއި 34
އަހަރުގެ ދިވެހި އަންހެނެއްގެ އިތުރުން 35 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ.



މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް
ގެނެސްފައިވަނީ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އއ. ރަސްދޫ ޕޮލިސް
ސްޓޭޝަނުން ރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން އެމީހުންތިބި
ސަފާރީ ބަލައި ފާސްކޮށް ބިއަރު ދަޅުތަކަކާއި ބަނގުރާ ފުޅިތަކަކާއެކުކަމަށް
ފުލުހުން މައުލޫމާތުދެއެވެ.



މި
މައްސަލަ އއ. ރަސްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.