ވިޔަފާރި

މީރާއަށް އާމްދަނީގެ ގޮތުގައި 889.1 މިލިއަން ރުފިޔާ ލިބިއްޖެ


ހުސްވި
ސެޕްޓެމްބަރ މަހު މީރާއަށް އާމްދަނީގެ ގޮތުގައި 889.1 މިލިއަން ރުފިޔާ
ލިބިއްޖެއެވެ. މިއީ މިދިޔަ އަހަރުގެ
ސެޕްޓެމްބަރ މަހާ އަޅާ ބަލާއިރު 6.0 އިންސައްތަ އިތުރު އަދަދެކެވެ. ސެޕްޓެމްބަރމަހު ލިބުނު އާމްދަނީގެ އަދަދަކީ އެމަހު ލިބޭނެ
އަންތާޒާ ކުރި އަދަދަށް ވުރެއް 1.0 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން
އާމްކޮށްފައިވާ ތަފާސް ހިސާބްތައް ދައްކާގޮތުން މިއަހަރުގެ ސެޕްޓެމްބަރ މަހުގެ
ނިޔަލަށް  މީރާއިން ވަނީ އާމްދަނީގެ ގޮތުގައި 10.4 ބިލިއަން
ރުފިޔާ ބަލައިގަނެފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާއި އަޅާބަލާއިރު 16.24
ޕަސެންޓް އިތުރު އަދެދެއް ކަމަށް މީރާއިން ބުނެއެވެ.  



މިދިޔަ
ސެޕްޓެމްބަރ މަހު މީރާއަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވަނީ ޖީއެސްޓީންނެވެ.
އެގޮތުން ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 465.2މިލިއަން ރުފިޔާ ލިބިފައިވެއެވެ.  ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވާ
ލީސް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި ލިބުނު ފައިސާއެެވެ. ލީސް ޕީރިއަޑް އެކްސްޓެންޝަން
ފީގެ ގޮތުގައި 241.1 މިލިއަން ރުފިޔާ ލިބިފައެވެ.