ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް އިސްތިއުފާދެއްވައިފި


މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ، ޢަބްދުﷲ ފަޔާޒް މަޤާމުން އިސްތިއުފާދެއްވައިފިއެވެ. އޭނާ އިސްތިއުފާދެއްވާފައިވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ މަސް ދުވަހަކަށްވުރެ ގިނަ ދުވަސް ފަހުންނެވެ.

ފަޔާޒު ސަސްޕެންޑްކޮށްފައިވަނީ އޭނާއާއި ގުޅޭގޮތުން ސިވިލް ސާރވިސް ކޮމިޝަނަށް ހުށައަޅާފައިވާ މައްސަލަތަކެއް ތަހުގީގުކުރާތީކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. ފަޔާޒް ސަސްޕެންޑްކޮށްފައިވަނީ ޝިޕިންގ އެޖެންސީގެ ޚިދުމަތް ދިނުމާއި ބެހޭ ގަވާއިދު ޓްރާންސްޕޯޓް މިނިސްޓްރީން އުވާލުމާއި ގުޅިގެން ބަލަމުންދާ މައްސަލަތަކެއްގައެވެ.

ޕަރމަނަންޓް ސެކްރެޓަރީންނަކީ، އެ މަގާމުގައި ތިއްބެވި ބޭފުޅުން ވަޒީފާ އަދާކުރާ މިނިސްޓަރުންގެ ދަށުން މިނިސްޓްރީ ހިންގައި ބެލެހެއްޓުމާއި، އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދީ އެހީތެރިވެދިނުމާއި، އެ މިނިސްޓްރީގެ ދާއިރާގެ ސިވިލް ސަރވިސްގެ މުވައްޒަފުންނާ ބެހޭ އެންމެހައި ކަންތައްތައް ހިންގާ ބެލެހެއްޓުމުގެ ޒިންމާ ޤާނޫނީ ގޮތުން ހަވާލުވެފައިވާ ބޭފުޅުންނެވެ.