ޚަބަރު

މާރުކޭޓް ސަރަޙައްދު ފަޅުތެރެއަށް ޕިކަޕެއް ވެއްޓިއްޖެ


ބޮޑުތަކުރުފާނު މަގުން މާރުކޭޓް ކުރިމަތީގެ ފަޅުތެރެއަށް ޕިކަޕެއް ވެއްޓިއްޖެއެވެ.

ފުލުހުން ވިދާޅުވީ ޕިކަޕެއް މޫދަށް ވެއްޓިގެން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ، ހަވީރު އިރުއޮއްސި 18:40ހާއިރުކަމަށެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ.
ޙާދިސާ ހިނގި ސަރަޙައްދުގައި ފުލުހުންދަނީ ހަރަކަތެރިވަމުންނެވެ. ޕިކަޕު ފަޅުތެރެއަށް ވެއްޓެން ދިމާވި ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.