ޚަބަރު

އައްޑޫ ފްލައިންގ ސްކޫލްގެ ބޯޓެއް ވެއްޓިއްޖެ


އައްޑޫ ސިޓީ ގެ ފްލައިން ސްކޫލްގެ ދަރިވަރަކު ދުއްވި ފްލައިޓެއް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓިއްޖެއެވެ.

އައްޑޫ ފްލައިން ސްކޫލްގެ ޓްރެއިނިންގ ހެޑް ، ވިދާޅުވީ ، މި ޙާދިޞާ ހިންގި އިރު ، ބޯޓް ދުއްވަން އިނީ ތަޖުރިބާ ހުރި އަންހެން ދަރިވަރެއްކަމަށެވެ. އަދި އެކުއްޖާ އަށް މި ހާދިސާގައި އެއްވެސް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް މިފަދަ ޙާދިޞާއަކުން ލިބިދާނެ ޝޮކަކަށްޓަކައި ފޭދޫ ޞިއްޚީ މަރުކަޒަށް ގެންގޮސް ފަރުވާދިފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

މި ޙާދިޞާގައި ކަހާލައިގެން ވެއްޓުނު ފްލައިޓަށް ގެއްލުންތަކެއްވެސް ލިބިފައިވެއެވެ.2012 ވަނަ އަހަރުވެސް އައްޑޫ ފްލައިން ސްކޫލްގައި މިފަދަ ޙާދިސާ އެއް ހިނގާފައިވެއެވެ.




އައްޑޫ ފްލައިން ސްކޫލްގައި މިވަގުތު 85 ދަރިވަރަކު
ކިޔަވަމުންދެއެވެ.