ޚަބަރު

ގެވެށި އަނިޔާއާއި ގުޅޭ ތަމްރީނުތަކެއް ގދ ގައި ކުރިއަށް ގެންގޮސްފި


ގެވެށި އަނިޔާ ހުއްޓުވުމާއި
ގުޅޭ ޚާއްޞަ ތަމްރީން ޕްރޮގްރާމެއް ގދ. އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ.



މިމަހުގެ 5 ވަނަ
ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށްގެންދާ
މި ތަމްރީނުގައި ގދ. އަތޮޅުގައި މަސައްކަތްކުރައްވާ ޞިއްޙީ އަދި އިޖުތިމާޢީ ޚިދުމަތްތެރިން،
ފުލުހުން، ކައުންސިލްގައި މަސައްކަތްކުރައްވާ ފަރާތްތައް އަދި ތަޢުލީމީ ދާއިރާގައި
މަސައްކަތްކުރައްވާ ފަރާތްތައް ތަމްރީނުކުރެވޭނެ އެވެ.



މި ތަމްރީނުގައި ގެވެށި
އަނިޔާ ހިންގަން ދިމާވާ ސަބަބުތަކާއި ގެވެށި އަނިޔާގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ އިތުރުން، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނާއި އަދި އިސްލާމީ ނަޒަރަކުން ގެވެށި އަނިޔާއާއި ގުޅޭ
މަޢުލޫމާތު ފޯރުކޮށްދެވޭނެ ކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން މައުލޫމާތުދެއެވެ.



މި ތަމްރީނުގެ
ބޭނުނަމަކީ ގެވެށި އަނިޔާގެ ޢަމަލެއް ހިނގާއިރު، އެކަމަށް އިޖާބަދޭންޖެހޭ ހުރިހާ ރޮނގަކުން
އިޖާބަދިނުމުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި، ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނަށާއި
ގެވެށި އަނިޔާގެ މައްސަލަތައް ދެނެގަންނާނެގޮތާއި، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ
ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގައި މަސައްކަތްކުރާނެގޮތާއި
ގުޅޭގޮތުން އެކުގައި މަސައްކަތްކުރާ މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުން
ތަމްރީން ކުރުންކަމަށް ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީން މައުލުމާތުދެއެވެ.