ޚަބަރު

ސިއްޙީ ޚިދުމަތްދޭ 98 ތަނެއް މަރާމާތުކޮށް ނިމިއްޖެ


ސިއްޙީ ޚިދުމަތް ދޭތަންތަނުގެ އާބާތުރަ ފިލުވުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 98 ޕްރޮޖެކްޓެއްގެ މަސައްކަތް ނިމިފައިވާކަމަށް ހެލްތް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމްއަށް މައުލޫމާތުދެއްވަމުން ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ ޑެރެކްޓަރ ޖެނެރަލް އަހުމަދު ޤާސިމް ވިދާޅުވީ މިހާތަނަށް ނިންމާލެވުނު ޕްރޮޖެކްޓްތަކަށް ގާތްގަނޑަކަށް 244 މިލިޔަން ރުފިޔާ ޚަރުދުކުރެވިފައިވާކަމަށެވެ. އަދި މިހާރުވެސް 48 ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގަމުންދާކަމަށާއި މިޕްރޮޖެކްޓްތަކަށްވެސް ގާތްގަނޑަކަށް 88 މިލިޔަން ރުފިޔާ ޚަރަދު ވާނެކަމަށް ޤާސިމް ވިދާޅުވިއެވެ.މީގެ އިތުރުން މިހާތަނަށް ކުރެވުނު މަސައްކަތްތަކަށް ދައުލަތުގެ ބަޖެޓުން 332 މިލިޔަން ރުފިޔާ ޚަރަދު ކުރެވިފައިވާކަމަށާއި މިއީ ހަމައެކަނި އިންފްރާސްޓްރަކްޗަރ ގެ މަސައްކަތަކަށް ދިޔަ ޚަރަދުކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.