ކުޅިވަރު

ކެންޔާގެ ކިބިވޮޓް ކެންޑީ ދުނިޔޭގެ ހާފް މެރެތަންގެ ރެކޯޑު އައުކޮށްފި


ކެންޔާގެ ކިބިވޮޓް ކެންޑީ ދުނިޔޭގެ ހާފް މެރެތަންގެ ރެކޯޑު އައުކޮށްފިއެވެ.

ކިބިވޮޓް މި ރެކޯޑު އައު ކުރީ ކުރިން މި މެރެތަންގެ ރެކޯޑު އޮތް ރެކޯޑަށްވުރެ 29 ސިކުންތުގެ ތަފާތުންނެވެ. މި ރެކޯޑާއެކު ކިބިވޮޓް ވެގެން ގޮސްފައިވަނީ ވެލެންސިއާ ހާފް މެރެތަން 58 މިނެޓަށްވުރެ އަވަހަށް ނިންމި ފުރަތަމަ ދިގު ދުވުންތެރިޔާއަށް ވެފައެވެ.

އޮކްޓޯބަރުމަހު ޑައިނިއާގައި ބޭއްވި ދުނިޔޭގެ ހާފްމެރެތަން ޗެންޕިއަންޝިޕް ދެވަނައަށް ނިންމި ކިބިވޮޓް ސްޕެނިޝް އެނުއަލް ރޭސް 57 މިނެޓާއި، 32 ސިކުންތު ތެރޭގައި ނިންމާފައިވަނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ޖޮފްރީ ކެމްވޮރަރ ރޭސް ނިންމި 58 މިނެޓާއި 1 ސިކުންތުގެ ރެކޯޑު މުގުރާލާފައެވެ.