ކުޅިވަރު

އިންޓަރމިލާނުން ލީގުގެ ދެވަނަ ދެމެހެއްޓިއިރު، ޔުވެންޓަސް މޮޅުވެ ތިންވަނައަށް


އިޓާލިއަން ސެރިއާގަ އިންޓަމިލާނާއި ޔުވެންޓަސް އެޓީމު ކުޅުނު މެޗުތަކުން މޮޅުވެއްޖެއެވެ.

ޔުވެންޓަސް އަމިއްލަ ދަނޑުގައި ޓުރިނޯގެ މައްޗަށް ކުރިހޯދީ 2-1 ލަނޑުންނެވެ. މެޗުގެ 9 ވަނަ މިނުޓުގައި ނިކޮލަސް އެން ކޫލޫއޫ ލަނޑެއް ޖަހައި ޓުރިނޯއަށް ލީޑު ނަގާދީފަވަނިކޮށް ޔުވެންޓެސް ނަތިޖާ ހަމަހަމަކުރީ މެޗު ފަހުކޮޅު ވެސްޓަން މެކްކިނީ ކާމިޔާބުކުރި ލަނޑުންނެވެ. މެޗުން ޔުވެންޓަސް މޮޅުވި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ އެންމެފަހު މިނިޓުގައި ތަޖުރިބާކާރު ޑިފެންޑަރު ލިއެނާޑޯ ބޮނުއިޗީއެވެ. މިއީ އޭނާ ޔުވެންޓަސްއަށް ކާމިޔާބުކޮއްދިން ދެވަނަ ލަނޑެވެ.

އިންޓަމިލާން ލީގުގައި މޮޅުވީ އިމިއްލަ ދަނޑުގައި ބޮލޯނާއާ ވާދަކޮށް 3-1 ލަނޑުންނެވެ. މެޗުގައި އިންޓަ މިލާންގެ އަޝްރަފް ހަކީމީ ދެލަނޑު ކާމިޔާބުކުރި އިރު އަނެއް ލަނޑުޖެހީ ރޮމަލޫ ލުކާކޫއެވެ. ބޮލޯނާގެ ލަނޑު ކާމިޔާބުކޮށްދިނީ މެނުއަލް ވިނާޓޯ މިއީ ލީގުގައި ލުކާކުގެ 8 ވަނަ ލަނޑު. އެއީ ވާދެވެރި އޭސީ މިލާންގެ އިބްރަހަމޮވިޗަށް ވުރެ ދެލަނޑު މަދު އަދަދެކެވެ.

ލީގުގައި ހޯދި މޮޅާއެކު އިންޓާމިލާނުން ވަނީ ތާވަލުގެ ދެވަނަ 21 ޕޮއިންޓާއެކު ދަމަހައްޓައިފައެވެ. އިންޓަމިލާނަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ޔުވެންޓަސް ތާވަލުގެ ތިންވަނައަށް ޖެހިލިއިރު އެއްވަނައިގަ އެސީ މިލާން އޮތީ 23 ޕޮއިންޓާއެކުއެވެ.