ވިޔަފާރި

ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި


މެދުކަނޑާލަފައި އޮތުުމަށްފަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފިއެވެ.

ކޯވިޑްއާ ގުޅިގެން ދަތުރުތައް މެދުކަނޑާލާފައި އޮތުމަށްފަހު މިދިޔަ އޮކްޓޫބަރުމަހުގެ 17 ވަނަ ދުވަހު ބްރިޓިޝް އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފެށިއެވެ. ނަމަވެސް ދަތުރުތައް މެދުކަނޑާލީ އިނގިރޭސިވިލާތް 2 ވަނަ ފަހަރަށް ލޮކްޑައުން ކުރުމާއި ގުޅިގެނެވެ.

ބްރިޓިޝް އެއާވެއިސްގެ ދަތުރުތައް ރާއްޖެއަށް އަލުން މިއަދު ފަށާފައިވާއިރު، ފުރަތަމަ ފްލައިޓުގައި 250 މީހުން ވަނީ އައިސްފައެވެ. އަދި އެ އެއާރލައިންއިން ރާއްޖެއަށް ކޮންމެ ދުވަހަކު ފްލައިޓްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެކުރިން ދަތުރުތައް ބާއްވަމުންދިޔައީ ހަފްތާއަކު 3 ދުވަހުއެވެ.

ބްރިޓިޝް އެއާރވޭސް އިން ރާއްޖެ އަށް ސީދާ ދަތުރުތައް ފަށާފައިވަނީ 2015 ވަނަ އަހަރުއެވެ. އެ އެއަރލައިންއަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ އެއަރލައިނެކެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވުމާއި އެކު ރާއްޖެ އަންނަ ފަތުރުވެރިންގެ މިންވަރު ދުވަހުން ދުވަހަށް ދަނީ އިތުރު ވަމުންނެވެ. އެގޮތުން ބޯޑަރު ހުޅުވާލިފަހުން މިހާތަނަށް 80000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި އިނގިރޭސި ވިލާތުން މިހާތަނަށް ރާއްޖެ 5000 އަށްވުރެ ގިނަ މީހުން ވަނީ ބޯޑަރު ހުޅުވިފަހުން ޒިޔާރަތްކޮށްފައެވެ.