ކުޅިވަރު

ކްލާސް ބީ މެންބަރުކަން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް


އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ ކްލާސް ބީ މެންބަރުކަން ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ލިބިއްޖެއެވެ.

ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ކްލާސް ބީގެ މެބްރަކަށް ހަމަޖައްސާފައިވަނީ ނޮވެންބަރު މަހުގެ 21ވަނަ ދުވަހު ބޭއްވި އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ އަހަރީ އާންމު ޖަލްސާގައި ނެގި ވޯޓުން ކުރި ހޯދައިގެންނެވެ. ވޯޓް ދިނުމުގެ ހައްގު ލިބިފައިވާ 148 ގައުމުގެ ތެރެއިން ރާއްޖެއަށްވަނީ 82 އިންސަތަ ވޯޓް ލިބި، ރާއްޖެ ކްލާސް ބީގެ މެންބަރަކަށް ބަދަލްކޮށްފައެވެ.

މިއަންނަ އަހަރުން ފެށިގެން ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނުގެ މެންބަރުކަމުގެ ދަރަޖަ ކްލާސް ބީއަށް ބަދަލުވެގެންދާނެއެވެ. ކްލާސް ބީގެ މެންބަރަކަށް ވުމުން އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަނުގެ އަހަރީ އާންމު ޖަލްސާ އާއި އެޖަލްސާގައި ގަރާރު ހުށައެޅުމާއި އަދި އެޖަލްސާފައި ވޯޓް ދިނުމުގެ ހައްގުވެސް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން ސަރަހައްދީ ޖަމިއްޔާތަކުގެ ކޮމެޓީތަކަށްވެސް ކުރިމަތި ލުމުގެ ފުރުސަތު ރާއްޖޭގެ ޓެނިސް އެސޯސިއޭޝަނަށް ލިބިގެންދާނެއެވެ. ޓެނިސް އެސޯސިއޭޝަންގެ އިންތިޚާބް މިދިޔަ ނޮވެންބަރު މަހުގެ ކުރީކޮޅުގައި ބާއްވާފައިވާއިރު، އެސޯސިއޭޝަނުގެ ރައީސަށް ހޮވިފައވަނީ އަޙްމަދު ހަފީޒުއެވެ.

ޓެނިސް އެސޯސިއޭޝަނުންވަނީ ވަރަށް ފަހުން އިތުރު ޓެނިސް ކޯޓެއް ތަރައްގީކޮށްފައެވެ.