ކުޅިވަރު

ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި ފުރަތަމަ ބުރުގައި ވާދަކުރާ 8 ޓީމު ވެސް ކުޅޭނެ: އެފްއޭއެމް


ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ބުރުގައި ފުރަތަމަ ބުރުގައި ވާދަކުރާ 8 ޓީމްވެސް ކުޅޭނެކަމަށް އެފްއޭއެމުން ބުނެފިއެވެ.

އާންމު ގޮތެއްގައި ދިވެހި ލީގްގެ ތިންވަނަ ބުރުގައި ކުޅޭނީ 6 ޓީމެވެ. މިއަހަރުގެ ސީޒަންގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ 8 ޓީމަކީ މާޒިޔާ، އީގަލްސް، ޓީސީ، ގްރީން ސްޓްރީޓްސް، ޔުނައިޓެޑް ވިކްޓްރީ، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އެވެ. ފުރަަތަމަ ޑިވިޝަނުގައި ވާދަކުރަމުން އައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބް އާއި ވިކްޓްރީ ސްޕޯޓްސް ކްލަބްއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ހުރެ މިދެ ޓީމްވަނީ ސަސްޕެންޑްކޮށްފައެވެ.

އެފްއޭއެމްގެ ކޮމްޕެޓިޝަން ޑިޕާޓްމަންޓްގެ ހެޑް އިސްމާޢީލް ރިޔާޒް ވިދާޅުވީ އެފްއޭއެމުން މި ސީޒަންގެ ފުޓްބޯޅަ ކަލަންޑަރު ރާވާލާނީ، ސީޒަންގެ ހުރިހާ މުބާރާތެއްވެސް ބޭއްވޭ ގޮތަށް ކަަމަށާއި ލީގަށް ފަހު މި ސީޒަނުގައި އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކުރިއަށްގެންދާ ގޮތަށް މިހާރު ރާވާލާފައިވާކަމަށެވެ. މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިއަަންނަ އަންގާރަ ދުވަހުއެވެ.

ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗްގައި ބައްދަލުކުރާނީ މާޒިޔާ އާއި ކުލަބް އީގަލްސްއެވެ. މިމަހުގެ 8ވަނަ ދުވަހު ޗެރިޓީ ޝީލްދް މެޗް ކުޅުމަށްފަހު މިއަހަރުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ. ފުރަތަމަ މެޗްގައި ބައްދަލުކުރާނީ މާޒިޔާ އާއި ޔުނައިޓެޑް ވިކްޓްރީ ދެވަނަ މެޗްގައި ބައްދަލުކުރާނީ ސަސް އާއި ކުލަބް އީގަލްސްއެވެ.